“ހެލްޕް ރޮހިންޖާ މޯލްޑިވްސް” ފަންޑަށް 3.9 މިލިއަން ރުފިޔާ އަދި 7 ހާސް ޔޫއެސްޑީ

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ “ހެލްޕް ރޮހިންޖާ މޯލްޑިވްސް” ހަރަކާތް ނިންމާލައިފިއެވެ.

ސެޕްޓެމްބަރ 15 ން އޮކްޓޫބަރ 5 ކަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި އެއްކުރެވުނު ފަންޑް ޖަމާކުރުމަށް ދީފައިވާ މުއްދަތު ހަމަވެ މިހާރުވަނީ ފަންޑް އެއްކޮށް ބަންދުކޮށްފައެވެ.

ޖުމްލަ ފަންޑަށް ލިބުނު ފައިސާ:
3،961،602.71 ރުފިޔާ
7،079.47 ޔޫއެސް ޑޮލަރ

މިހަރަކާތް ކުރިއަށް ގެންދިޔުމަށް އައިއޭސީއާއެކު ގިނަ އަދަދެއްގެ ޖަމިއްޔާ ޖަމާޢަތްތަކާއި ރަށު ކައުންސިލްތަކާއި ކުންފުނިތަކުންވަނީ ބައިވެރިވެފައެވެ.

އައިއޭސީގެ ފަރާތުން ދިއިސްލާމަށް މައުލޫމާތު ދެއްވި އަހުމަދު އިޤްބާލް ވިދާޅުވީ މިހާރު ކުރަމުން ގެންދަނީ ފަންޑަށް ލިބުނު ފައިސާ ފޮނުވުމުގެ މަސައްކަތް ކަމަށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!