އައިއޭސީއިން ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް 3.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ފަރާތުން ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ކުރިއަށްގެންދާ “ހެލްޕް ރޮހިންޖާ މޯލްޑިވްސް” ފަންޑަށް 3.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެފަރާތުން ހާމަކޮށްފިއެވެ.

މިމަހުގެ 8 ވަނަ ދުވަހު އައިއޭސީއިން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން އެދުވަހާއި ހަމައަށް “ހެލްޕް ރޮހިންޖާ މޯލްޑިވްސް” ފަންޑަށް 3،447،167.02 ރުފިޔާ އަދި 5459.06 ޔޫއެސް ޑޮލަރުވަނީ ލިބިފައެވެ.

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް އައިއޭސީއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެމްބަރ މަހުގެ 15 ން މިމަހުގެ 5 ދުވަހުގެ ނިޔަލަށެވެ.

މިހަރަކާތްތަކުގައި ގިނަ އަދަދެއްގެ އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކާއި ރަށު ކައުންސިލްތަކާއި ކުންފުނިތައްވަނީ ބައިވެރިވެފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!