މާގަހެެއް ގަނެގެން ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ފުރުޞަތު މިއަދު ހަވީރު

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން(އައިއޭސީ) ގެ ފަރާތުން ކުރިއަށް ގެންދާ ހެލްޕް ރޮހިންޖާ މޯލްޑިވްސް ފަންޑަށް ފައިސާ ހޯދުމަށް މާގަސް ވިއްކުމުގެ ހަރަކާތެއް މިއަދު ކުރިއަށްދާނެ ކަމަށް އެފަރާތުން ހާމަކޮށްފިއެވެ.

އައިއޭސީގެ ފަރާތުން މައުލޫމާތު ދެއްވި މުހައްމަދު އަލީ ވިދާޅުވީ މިއަދު ހަވީރު 4 ން 6 ކަށް އާޓިފިޝަލް ބީޗް އަދި ކުޑަކުދިންގެ ބަގީޗާ ސަރަހައްދުގައި ކުރިއަށްދާނެ ކަމަށެވެ. މުހައްމަދު އަލީ އިތުރަށް ފާހަގަކުރި ގޮތުގައި މިއީ ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމަށާއި ހަމަ އެހެންމެ ތަފާތު މައު އަޅައި ގަސްތަކުން ގޭތެރެވެސް ޒީނަތްތެރިކޮށްލުމަށްވެސް ރަނގަޅު ފުރުޞަތެއް ކަމަށެވެ.

މުހައްމަދު ވިދާޅުވީ މިހަރަކާތަކީ މިދިޔަ ހަފްތާގައި ކުރިއަށް ގެންދިޔުމަށް ރޭވި ހަރަކާތެއް ނަމަވެސް ގަސްތައް ރާއްޖެ އެތެރެކުރުމުގައި ދިމާވި ޓެކްނިކަލް މައްސަލައަކާހުރެ ލަސްވެގެން ދިޔައީ ކަމަށެވެ.

މިއީ ފްލޯރަލް ގްރާންޑްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!