ޙާފިޡްކަމުގެ ފިލާ 7 ފަރާތަކަށް

  • ފޮޓޯ / ރައީސް އޮފީސް

ކީރިތި ޤުރުއާން ހިތުދަސްކުރި 7 ފަރާތަކަށް ޙާފިޡްކަމުގެ ފިލާ ހަވާލުކޮށްފިއެވެ.

މިފަރާތްތަކާއި ފިލާ ހަވާލުކޮށްދެއްވާފައިވަނީ ޤުރުއާން ކިޔެވުމުގެ 32 ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންއެވެ.

ޙާފިޡްކަމުގެ ފިލާ ހާޞިލްކުރެއްވީ:

– އަލްޙާފިޘާ ޝަރީފާ މުޙައްމަދު ދީދީ
– އަލްޙާފިޘާ މައިސަން ސަޢީދު
– އަލްޙާފިޘް ނާދިޙް ޢަބްދުލް ޙަމީދު
– އަލްޙާފިޘް އަޙްމަދު ނަބީހު
– އަލްޙާފިޘް އަޙްމަދު އަޙްސަން
– އަލްޙާފިޘް މުޙައްމަދު މުޞްޠަފާ
– އަލްޙާފިޘް އަޙްމަދު ޒާހިރު

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު އުފެދުނުފަހުން މިހާތަނަށް 50 ފަރާތަކުން ޤުރުއާން ހިތުދަސްކޮށްފައިވެއެވެ. ރާއްޖޭގައި މިހާރު ޤުރުއާން ހިތުދަސް 167 ޙާފިޡުން އެބަތިއްބެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!