ގއ ވިލިނގިލީގައި އިމާރާތްކުރި މަސްޖިދުލް އިޚްލާސް ރައީސް ހުޅުވައިދެއްވައިފި

ގއ ވިލިނގިލީގައި ޢިމާރާތްކޮށްފައިވާ މަސްޖިދުލް އިޚްލާސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އިއްޔެ ހުޅުވައިދެއްވައިފިއެވެ.

ރައީސް މިމިސްކިތް ހުޅުވައިދެއްވީ މިހާރު ގއ އަށް ކުރަމުންދާ ދަތުރުފުޅުގައި އިއްޔެ ވިލިނގިއްޔަށް ވަޑައިގެންނެވެ.

މިމިސްކިތަކީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދުގެ ހިލޭ އެހީގެ ދަށުން ބިނާ ކުރެއްވި މިސްކިތެކެވެ. މިމިސްކިތުގައި އެއްފަހަރާ 700 މީހުންނަށް ނަމާދު ކުރެވޭނެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!