ﷲ ލޯބިވެވޮޑިގަންނަވާ 8 ބާވަތެއްގެ މީހުން

 

  1. އިޙްސާންތެރިން

މާތް ﷲ ވަޙީ ކުރެއްވިއެވެ. “وَأَحْسِنُوا ۛ إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ” سورة البقرة 195  މާނައީ: “ތިޔަބައިމީހުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން އިޙުސާންތެރިން ދެކެ ﷲ ލޯބިވެވޯޑިގަންނަވައެވެ.”

 

      2. ގިނަގިނައިން ތައުބާވާ މީހުން

މާތް ﷲ ވަޙީ ކުރެއްވިއެވެ. “إِنَّ اللَّـهَ يُحِبُّ التَّوَّابِينَ” سورة البقرة 222

މާނައީ: “ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ.”

 

  1. ޠާހިރުވާމީހުން

މާތް ﷲ ވަޙީ ކުރެއްވިއެވެ. “وَيُحِبُّ الْمُتَطَهِّرِينَ” سورة البقرة 222

މާނައީ: “އަދި ޠާހިރުވާމީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ.”

 

  1. ތަޤްވާވެރިން

މާތް ﷲ ވަޙީ ކުރެއްވިއެވެ. “فَإِنَّ اللَّـهَ يُحِبُّ الْمُتَّقِينَ” سورة آل عمران 76

މާނައީ: “ފަހެ ހަމަކަށަވަރުން ތަޤްވާވެރިންދެކެ ﷲ ލޯވިވެވޮޑިގަންނަވައެވެ.

 

  1. ކެތްތެރީން

މާތް ﷲ ވަޙީ ކުރެއްވިއެވެ. “وَاللَّـهُ يُحِبُّ الصَّابِرِينَ” سورة آل عمران 146

މާނައީ: “ކެތްތެރީންދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ.”

 

  1. އެކަލާނގެއަށް ވަކީލުކުރާ މީހުން

މާތް ﷲ ވަޙީ ކުރެއްވިއެވެ. ” إِنَّ اللَّـهَ يُحِبُّ الْمُتَوَكِّلِينَ” سورة آل عمران 159

މާނައީ: “ވަކީލުކުރާމީހުން ދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ.”

 

  1. ޢަދުލަށް ޙުކުމްކުރާ މީހުން

މާތް ﷲ ވަޙީ ކުރެއްވިއެވެ. “إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ” سورة المائدة 42

މާނައީ: “ހަމަކަށަވަރުން ޢަދުލަށް ޙުކުމްކުރާމީހުން ދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ.”

 

  1. ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެންތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުން

” إِنَّ اللَّـهَ يُحِبُّ الَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفًّا كَأَنَّهُم بُنْيَانٌ مَّرْصُوصٌ”

މާނައީ: “ހަމަކަށަވަރުން، ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެންތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގަންނަވައެވެ.”

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!