ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް ފަށައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް ރޭ ފަށައިފިއެވެ.

ރޭ ފެށި މުބާރާތުގައި ޖުމްލަ 255 ބައިވެރިން ވާދަކުރާނެއެވެ.

ރަށްރަށުގެ ކައުންސިލްތަކާއި، ޖަމިއްޔާތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހައިލައިގެންނެވެ. އެގޮތުން ހިތުން ކިޔެވުމުގެ ގޮފީގައި 66 ބައިވެރިން ވާދަކުރާނެއެވެ. އަދި ބަލައިގެން ކިޔެވުމުގެ ބައިގައި 189 ބައިވެރިން ކިޔެވުމަށްވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ މުބާރާތުން ވަނަވަނައަށްދާ ފަރާތްތަކަށް ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ލިބިގެންދާނެކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ހާމަކުރެއެވެ.

ހަތަރު ދަންފަޅިއަކަށް ކުރިއަދާ މިމުބާރާތުގެ ކިޔެވުން ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!