ފުވައްމުލަކުގެ ރެސްޓޯރަންޓްތަކުގެ ކޮންމެ ދުވަހުގެ ވިޔަފާރިން ވަކިވަރެއް ރޮހިންޖާ މުސްލިމުންނަށް ހަދިޔާކުރަނީ

ފުވައްމުލަކު ސިޓީގައި ހިންގާ ރެސްޓޯރަންޓް / ކެފޭތަކުގެ ކޮންމެ ދުވަހެއްގެ ވިޔަފާރިން ރޮހިންޖާ މުސްލިމުންނަށް ވަކިވަރެއް ހަދިޔާކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ފުވައްމުލަކުގައި ރޮހިންޖާ މުސްލިމުންނަށް ފަންޑް އެއްކުރުމަށް އިސްކޮށް ހަރަކާތްތެރިވާ ގާޑިއަން އެސޯސިއޭޝަންއިން ހާމަކޮށްފައިވާ ގޮތުގައި އެރަށުގެ ދިހަ ރެސްޓޯރެންޓެއްގެ ފަރާތުން މިމަހުގެ 21 ފެށިގެން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ސޭލްސްގެ ފަސް ޕަސެންޓާއި 10 ޕަސެންޓާއި ދެމެދުގެ އެހީއެއް ރޮހިންޖާ ފަންޑަށް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެރަށުގެ 10 ފިހާރައެއްގައިވެސް ފަންޑް ފޮށި ބަހައްޓާ ފަންޑް ހޯދުމުގެ މަސައްކަތް ގާޑިއަން އެސޯސިއޭޝަނުން އަންނަނީ ކުރަމުންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!