ރޮހިންޖާ މުސްލިމުން އެތެރެވިޔަ ނުދިނުމަށް އިންޑިޔާއިން ސަރަހައްދީ ރޮނގުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

މިޔަންމާގެ ސަލާމަތީ ބާރުތަކުންނާއި ހައްދުހަފަނަ އަޅާފައިވާ ޓެރަރިސްޓް ބުޑިސްޓުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުން ސަލާމަތްވުމަށް އެޤައުމުދޫކޮށްދާ ރޮހިންޖާ މުސްލިމުން އިންޑިއާއަށް އެތެރެވިޔަ ނުދިނުމަށް އެޤައުމުގެ ސަރަހައްދީ ރޮނގުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

އެގޮތުން އިންޑިއާގެ މުސްލިމުންނާއި ދެކޮޅު ސިޔާސަތުތައް ގެންގުޅެމުންދާ ސަރުކާރުންވަނީ ރޮހިންޖާ މުސްލިމުން އެޤައުމަށް އެތެރެވާން އުޅެފިނަމަ އެކަން ހުއްޓުވުމަށް ކަރުނަ ގޭހާއި ޕެޕަރ ސްޕްރޭގެ އިތުރުން ބާރުގެ ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ. މިކަމާއި ގުޅޭގޮތުން ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ރޮހިންޖާ މުސްލިމަކު ހައްޔަރުކޮށް ނުވަތަ އަނިޔާދޭން އެފަރާތުން ބޭނުންނުވާ ކަމަށާއި އަދި ސަރަހައްދީ ރޮނގު ހުރަސްކޮށް އިންޑިއާއަށް އެއިން މީހަކު ވަނުމަށްވެސް ބޭނުންނުވާ ކަމަށްވަނީ ބުނެފައެވެ.

މިޔަންމާގައި ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގައި އެތަކެއް މުސްލިމުންނެއް ޤަތުލުކޮށްފައިވާއިރު އެއަނިޔާވެރިކަމުން ސަލާމަތްވުމަށް 429،000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުންވަނީ އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަ ކޮށްފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!