އިމާމް ނަވަވީގެ 40 ހަދީޘް (އަށްވަނަ ބައި)

 

ފަނަރަވަނަ ހަދީޘް

عن أبي هريرة رضي الله عنه أن رسول الله (صلى الله عليه وسلم) قال: ” من كان يؤمن بالله واليوم الآخر فليقل خيراً أو ليصمت، ومن كان يؤمن بالله واليوم الآخر فليكرم جاره، ومن كان يؤمن بالله واليوم الآخر فليكرم ضيفه”. (رواه البخاري ومسلم)

ހަދީޘްގެ މާނަ:

ﷲ އާ އާޚިރަތްދުވަހަށް ފުރިހަމަޔަށް އީމާންވާމީހާ ހެޔޮބަސް ބުނާ ހުށިކަމެވެ. ނުވަތަ ހަމަހިމޭނުން ހުންނަ ހުށިކަމެވެ. އަދި މާތް ﷲ އަށާއި އާޚިރަތްދުވަހަށް ފުރިހަމަޔަށް އީމާންވާމީހާ އަވަށްޓެރިޔާއަށް ކަމޭހިތާހުށިކަމެވެ. އަދި މާތް ﷲ އަށާއި އާޚިރަތްދުވަހަށް ފުރިހަމަޔަށް އީމާންވާމީހާ މެހެމާނާއަށް ކަމޭހިތާހުށިކަމެވެ.

 

ސޯޅަވަނަ ހަދީޘް

عن أبي هريرة رضي الله عنه: أن رجلاً قال للنبي (صلى الله عليه وسلم) : أوصني، قال: “لا تغضب”، فردّد مراراً، قال: “لا تغضب”. (رواه البخاري ومسلم)

ހަދީޘްގެ މާނަ:

ހަމަކަށަވަރުން މީހަކު ނަބިއްޔާ (صلى الله عليه وسلم)ގެ އަރިހުގައި ތިމަންނާއަށް ވަޞިއްޔަތެއްކުރައްވާށޭ ދެންނެވިއެވެ.

އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. ”ތިބާ ރުޅިއަރައިނުގަންނާށެވެ.” އެމީހަކު (އިތުރު ވަޞިއްޔަތަކަށްއެދި) ތިމަންނާއަށް ވަޞިއްޔަތެއްކުރައްވާށޭ ތަކުރާރުކޮށް ދެންނެވިއެވެ. މިއިން ކޮންމެފަހަރަކުވެސް އިތުރު އެކަލޭގެފާނު ޖަވާބުގައި ހަދީސްކުރެއްވިއެވެ. ”ތިބާ ރުޅިއަރައިނުގަންނާށެވެ.”

ސަތާރަވަނަ ހަދީޘް

عن أبي يعلى شداد بن أوس رضي الله عنه عن رسول الله (صلى الله عليه وسلم) قال: “إن الله كتب الإحسان على كل شيء، فإذا قتلتم فأحسنوا القتلة، وإذا ذبحتم فأحسنوا الذبحة؛ وليحدّ أحدكم شفرته وليرح ذبيحته”. (رواه مسلم)

ހަދީޘްގެ މާނަ:

ހަމަކަށަވަރުން މާތްﷲ ވަނީ ކޮންމެ އެއްޗަކަށްވެސް އިޙްސާންތެރިވުމަށް ތިޔަބައިމީހުންގެ މައްޗަށް ވާޖިބުކުރައްވައިފައެވެ. ތިޔަބައިމީހުން ޤަތުލުކުރަންޏާ ރިވެތިކޮށް ޤަތުލުކުރާށެވެ. ތިޔަބައިމީހުން އެއްޗެއް ކަތިލަންޏާ ކަތިލުން ރިވެތިކުރާށެވެ. ކަތިލުމަށްބޭނުންކުރާއެއްޗެއްގެ މިއަ ތިޔަބައިމީހުންގެ ކޮންމެ މީހަކުވެސް ތޫނުކުރާހުށިކަމެވެ. އަދި އެމީހަކު ކަތިލާ އެއްޗަކަށް އަރާމުލިބޭގޮތަށް ކަތިލާށެވެ.

އަށާރަވަނަ ހަދީޘް

عن أبي ذر جندب بن جنادة وأبي عبد الرحمن معاذ بن جبل رضي الله عنهما عن رسول الله (صلى الله عليه وسلم) قال: اتق الله حيثما كنت، وأتبع السيئة الحسنة تمحها، وخالق الناس بخلق حسن”. (رواه الترمذي وقال: حديث حسن، وفي بعض النسخ: حسن صحيح)

ހަދީޘްގެ މާނަ:

ތިބާ ކޮންމެތާކުވިޔަސް ﷲއަށް ތަޤްވާވެރިވާށެވެ. ނުބައިކަމެއް (ފާފައެއް) ކުރެވިއްޖެނަމަ، އެކަމާއި ވިއްދައިގެން ހެޔޮކަމެއްކުރާހުށިކަމެވެ. ހެޔޮ ރިވެތި ޚުލްޤަކާއިގެން މީސްތަކުންނާއި އެކުވެރިވެ އުޅޭށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!