ޝައިޚް އިމްރާންއަށް ފިރިހެން ކުއްޖަކު ލިބިއްޖެ

ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.

އަދާލަތު ޕާޓީގެ އަމީންއާއްމު އަހުމަދު ޝަރީފް ވިދާޅުވީ ޝައިޚް އިމްރާންގެ އަނބިކަނބަލުން މިރޭގެ ވަގުތެއްގައި ފިރިހެން ކުއްޖަކު ވިހާފައިވާ ކަމަށާއި ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ޝައިޚް އިމްރާން މިވަގުތު ހުންނެވީ އާއިލާ އާއެކު ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މިއީ ޝައިޚް އިމްރާންއަށް ލިބުނު ފަސްވަނަ ދަރިފުޅެވެ.

2015 މެއި އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ބުނެ 12 އަހަރުގެ ޖަލު ހުކުމެއް ޝައިޚް އިމްރާން ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. އަދި މިޖަލު ހުކުމަށްފަހު ދެފަހަރެއްްގެ މަތިން ޝައިޚް އިމްރާންވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!