ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މާދަމާރޭ ފަށަނީ

ކީރިތި ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މާދަމާރޭ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ހާމަކޮށްފިއެވެ.

އެމަރުކަޒުން ހާމަކުރާގޮތުގައި މާދަމާރޭ ފަށާ މިމުބާރާތުގައި ޖުމްލަ 255 ބައިވެރިން ވާދަކުރާނެއެވެ.

ރަށްރަށުގެ ކައުންސިލްތަކާއި، ޖަމިއްޔާތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހައިލައިގެންނެވެ. އެގޮތުން ހިތުން ކިޔެވުމުގެ ގޮފީގައި 66 ބައިވެރިން ވާދަކުރާނެއެވެ. އަދި ބަލައިގެން ކިޔެވުމުގެ ބައިގައި 189 ބައިވެރިން ކިޔެވުމަށްވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ މުބާރާތުން ވަނަވަނައަށްދާ ފަރާތްތަކަށް ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ލިބިގެންދާނެކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ހާމަކުރެއެވެ.

ހަތަރު ދަންފަޅިއަކަށް ކުރިއަދާ މިމުބާރާތުގެ ކިޔެވުން ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ހޯލުގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!