ޓީޝާޓެއް ގަނެގެން ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ފުރުޞަތު

ޓީޝާޓެއް ގަނެގެން ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

“ހެލްޕް ރޮހިންޖާ މޯލްޑިވްސް” ނަމުގައި ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ހަރަކާތް ކުރިއަށްގެންދާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި އީވް ގާމެންޓްސްއިން ވިއްކާ “ހެލްޕް ރޮހިންޖާ މޯލްޑިވްސް” ލޭބަލްޖެހި ޓީޝާޓު ގަނެގެން ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި އެގޮތުން މިއަދުން ފެށިގެން މާފަންނު ގަޑި ބުރުކައިރި ހުން އައިކެއަރ އޮޕްޓިކަލްސް ފިހާރަ ކައިރީގައި ހުންނަ އީވް ސޭލް ފިހާރައިން ޓީޝާޓު ލިބެން ހުންނާނެ ކަމަށެވެ.

ޓީޝާޓު ވިއްކާ އަގުތައް
– ޕޯލޯ ޓީޝާޓު (ގިރުވާންލީ) – 150 ރުފިޔާ
– ކޮޓަން ޓީޝާޓު (ބޮޑެތި) – 120 ރުފިޔާ
– ކޮޓަން ޓީޝާޓު (ކުޑަ) – 90 ރުފިޔާ

މިޓީޝާޓު ވިއްކައިގެން ލިބޭ ހުރިހާ ފައިދާއެއް އީވް ގާމެންޓްސްގެ ފަރާތުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ އައިއޭސީއިން ކުރިއަށް ގެންދާ “ހެލްޕް ރޮހިންޖާ މޯލްޑިވްސް” ފަންޑަށެެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!