ޕީސް ފައުންޑޭޝަނުން މީދޫގައި ދައުވާ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި

ޕީސް ފައުންޑޭޝަނާއި ރ މީދޫ، މީދޫ އިސްލާމިކް ފައުންޑޭޝަން ގުޅިގެން އެރަށުގައި ދައުވާ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާހް ވިދާޅުވީ މިވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ދައުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދައުވަތުގެ މައިދާނުގައި ހުރި ގޮންޖެހުންތަކާއި ހައްލުތައް ބުނެދީ ދައުވަތުގެ ކަންކަން ކުރިއަށް ގެންދާނެގޮތް ބުނެދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ވޯކްޝޮޕެއް ކަމަށެވެ.

މީގެ އިތުރުން މިވޯކްޝޮޕްގައިވަނީ ޖަމިއްޔާތައް ހިންގާނެ ގޮތް ބައިވެރިންނަށް ކިޔައިދީފައެވެ.

ސައްބީހަކަށް ބައިވެރިން ބައިވެރިވި މިވޯކްޝޮޕުގައި ޞަބާހުގެ އިތުރުން ކިޔަވައިދެއްވީ އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ޤާސިމްއެވެ.

މީގެ އިތުރުން ޓީޗަރުންނާއި ގުޅޭ ވޯކްޝޮޕެއްވެސް ޕީސް ފައުންޑޭޝަނުންވަނީ މީދޫގައި ކުރިއަށް ގެންގޮސްފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!