މޫސުން ރަނގަޅުނަމަ “ޕެބަލްސް” އާއިލީ ހަވީރު މާދަން އޮންނާނެ

މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރި “ޕެބަލްސް” އާއިލީ ހަވީރު ާ”، މާދަން މޫސުން ރަނގަޅު ނަމަ އޮންނާނެކަމަށް މިއިވެންޓް އިންތިޒާމްކުރާ ޕީސް ފައުންޑޭޝަންއިން ހާމަކޮށްފިއެވެ.

ޕީސް ފައުންޑޭޝަންގެ ފަރާތުން ވާހަކަދެއްކި އެޖަމިއްޔާގެ ރައީސް ނަޞްރު ވިދާޅުވީ ވަޅު ޢީދު ދުވަހު ބާއްވަން ހަމަޖެއްސި އާއިލީ ހަވީރު މޫސުން ގޯސްވުމުގެ ސަބަބުން ލަސްކުރުމަށްފަހު މާދަމާ އިވެންޓް ބޭއްވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި މޫސުން ރަނގަޅުނަމަ މާދަމާ އިވެންޓް އޮންނާނެކަމަށް ނަޞްރު ވިދާޅުވިއެވެ.

މިހަރަކާތުގައި ވޯޓަރ ސްލައިޑަރއަކާއި ތީރު އުކުން، ފުޓްބޯޅައާއި ގޮލްފް ކުޅުންފަދަ ތަފާތު ގިނަ ހަރަކާތްތަކުގެ އިތުރުން މަދަހަ ކިޔުންފަދަ ސްޓޭޖް ހަރަކާތްތައްވެސް ކުރިއަށްދާނެ ކަމަށް ޕީސް ފައުންޑޭޝަންއިން މައުލޫމާތު ދެއެވެ. އަދި މިހަރަކާތަށް އަންނަ ކޮންމެ ކުއްޖަކަށްވެސް ހަދިޔާއެއް ލިބިގެންދާނެ ކަމަށާއި ބައިވެރިވާ ކުޅިވަރުތައް އިތުރުވާ ވަރަކަށް ގިނަ ހަދިޔާތައް ލިބިގެންދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ނަޞްރު އިތުރަށް ވިދާޅުވީ އިވެންޓް ތައްޔާރުކުރުމަށާއި ކުރިއަށް ގެންދިޔުމަށް ވޮލަންޓިއަރުންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި ވޮލަންޓިއަރ ކުރަން ބޭނުންވާ ފަރާތްތަކަސް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އިވެންޓްކުރިއަށްދާނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 4 ން 6 ކަށް ވިލިމާލެ ބޯޅަ ދަނޑުގައެވެ.

މިހަރަކާތުގެ މެއިން ސްޕޮންސަރައަކީ މޯލްޑިވްސް އިސްލާމިކް ބޭންކްއެވެ. ކޯސްޕޮންސަރުންނަކީ ތިލަފުށި ކޯޕަރޭޝަން، ސޮނީ ސްޕޯޓްސް، އަލްޝާލީ މެރިން، އައިކެއަރ އަދި އާރުސީސީއެވެ. އިވެންޓް ޕާޓުނަރުންނަކީ އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސަރވިސް، ކިންޑަރ ޕްރިސްކޫލް އަދި ވިލިމާލެ ޕްރިސްކޫލެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!