އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ޤައުމީ ޔުނިވަރސިޓީއިން 122 ކޯހެއް ކުރިއަށް ގެންދާނެ

ދިވެހިރާއްޖޭގެ އެންމެ ބޮޑު ތަޢުލީމީ މުއައްސަސާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އަންނަ އަހަރު 122 ކޯހެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން ހާމަކޮށްފިއެވެ.

2018 ވަނަ އަހަރު އެމްއެންޔޫއިން ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް އިޢުލާނުކުރުމަށް މިއަދު އެޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އައިޝަތު ޝާހީން ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި އެޔުނިވަރސިޓީއިން 5315 ކުދިންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަންނައަހަރު ތަފާތު ފަަނަރަ ދާއިރާއަކުން ފައުންޑޭޝަން ލެވެލްއިން ފެށިގެން މާސްޓަރސްއާއި ހަމައަށް ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޔޫއިން ހާމަކުރެއެވެ.

އެމްއެންޔޫގެ ކޯސްތަކާއި ގުޅޭ މައުލޫމާތު އެމްއެންޔޫގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެކަމަށް އެފަރާތުން ހާމަކުރެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!