ޤިރާއަތު ސެޓްފިކެޓް ލެވެލް 1 ގައި ބައިވެރިވުމުގެ މުއްދަތު މާދަމާ ހަމަވަނީ

  • ފޮޓޯ / ވީއެފްޕީ

ކީރިތި ޤުރުޢާނާއި ބެހޭ މަރުކަޒުން މިއަހަރުގެ ދެވަނަ ސެމިސްޓްރގައި ހިންގުމަށް ހަމަޖެހިފައިވާ ޤިރާއަތު ސެޓްފިކެޓް ލެވެލް 1 ގައި ބައިވެރިވުމުގެ މުއްދަތު މާދަމާއަށް ހަމަވާނެއެވެ.

މިކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކަކީ
– ފަށާ ތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
– ޢުމުރުން 16 އަހަރު ފުރިފައިވުން.
– މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މާދަމާގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް އެމަރުކަޒަށް ހުށަހަޅަން ޖެހެއެވެ.

މިއީ 8 ހަފްތާގެ މުއްދަތަށް ހިންގާ ކޯހެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!