ރާއްޖެއިން ހައްޖަށްދިޔަ މީހުން މިރޭ މާލެ އަންނަން ފަށަނީ

1438 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން ސައުދީއަށްދިޔަ މީހުން މިރޭ މާލެ އަންނަން ފަށާނެއެވެ.

މިކަމާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ހާމަކޮށްފައިވަނީ މިއަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީއަށް ދިޔަ މީހުންގެ ތެރެއިން ފުރަތަމަ ގްރޫޕް މިރޭ މާލެ އަންނާނެ ކަމަށާއި މިރޭ މާލެ އަންނާނީ މިރޭ މާލެ އަންނާނީ ޒައީ ގްރޫޕްގެ ހަވާލުގައި ޙައްޖަށްދިޔަ މީހުން ކަމަށެވެ.

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދިޔަ 1000 މީހުން ހުކުރު ދުވަހުން ފެށިގެން މާލެ އަންނަން ފަށާނެއެވެ. އަދި ސިސިލްފަރު ހައްޖު ގްރޫޕްގެ ހަވާލުގައި ދިޔަ ހައްޖުވެރިން ރާއްޖެ އަންނަން ހަމަޖައްސާފައި ވަނީ އަންނަ އާދިއްތަދުވަހު އެވެ. އަލް ހަރަމައިންގެ ހައްޖުވެރިން އެނބުރި އަންނާނީ ހޯމަ ދުވަހު އެވެ.

ޙައްޖު ކޯޕަރޭޝަންގެ އިތުރުން މިއަހަރު ރާއްޖެއިން ޙަައްޖަށް މީހުން ގެންދިޔުމަށް ކޯޓާ ދީފައިވަނީ ތިން ގްރޫޕަށް ކޮންމެ ގްރޫޕަކަށް 100 ކޯޓާއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!