1000 ޓަނުގެ އެހީ ތުރުކީއިން ރޮހިންގިޔާ މުސްލިމުންނަށް ފޮނުވަނީ

ތުރުކީގެ ރައީސް އުރުދުޣާން މިޔަންމާގެ ހައްދުފަހަނަ އަޅާފައިވާ ލީޑަރ އަންގް ސަން ސޫޗީ އާއި ފޯނުން ގުޅައި ދެއްކި ވާހަކަތަކަށްފަހު ރޮހިންގިޔާ މުސްލިމުންނަށް އެހީގެ ތަކެތި ފޮނުވުމުގެ ހުއްދަ ތުރުކީއަށް ދީފައިވާ ކަމަށް އެޤައުމުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ.

ތުރުކީއިން ފޮނުވާ އެހީގައި ހިމެނެނީ ކާނާއާއި އަންނައުނުގެ އިތުރުން ބޭހެވެ.

މިޔަންމާގެ ސަރުކާރުން އ.ދ އިން ރޮހިންގިޔާ މުސްލިމުންނަށް ކާނާއާއި ފެނާއި ބޭސް ފޯރުވައިދިނުމުގެ މަގުތައް ބަންދުކޮށްފައިވާއިރު ތުރުކީއިން ފޮނުވާ މިއެހީ ވެގެންދާނީ ބައިނަލްއަޤްވާމީ ގޮތުން ރޮހިންގިޔާ މުސްލިމުންނަށް ލިބިގެންދާ ފުރަތަމަ އެހީއަށެވެ.

މިޔަންމާގެ ސަލާމަތީ ބާރުތަކުންނާއި އެޤައުމުގެ ހައްދުފަހަނަ އެޅި ބުޑިސްޓުން ރޮހިންގިޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގައި އެތަކެއް ރައްޔިތުންނެއް މަރަމުންދާއިރު އެއަނިޔާވެރިކަމުން ސަލަމަތްވުމަށް އެތައްހާސް މުސްލިމުންނެއްދަނީ އަވަށްޓެރި ބަންގްލަދޭޝްއަށް އެތެރެވަމުންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!