ހުއްދަނެތި މިސްކިތުގައި ދަރުސްދީފައިވާތީ ޝައިޚް ޝަމްޢޫން އަނގޮޅިތީމް ކައުންސިލް އިދާރާއަށް ހާޟިރުވުމަށް އަންގައިފި

  • އާކުރި ޖަމިއްޔާއިން މިއަހަރު ބޭއްވި ދަރުހެއްގެ ތެރެއިން / ފޮޓޯ އާކުރި

ރ އަނގޮޅިތީމް މަސްޖިދުލް ތަޢާލުފްގައި ކައުންސިލުން ހުއްދަނުނަގާ ދަރުސްދީފައިވާތީ އައްޝައިޚް މުޙައްމަދު ޝަމްޢޫން އަނގޮޅިތީމް ކައުންސިލް އިދާރާއަށް ހާޟިރުވުމަށް އަންގައިފިއެވެ.

މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވި އަނގޮޅިތީމްގެ ރައްޔިތަކު ވިދާޅުވީ ރޭ މަޣްރިބް ނަމާދަށް ފަހުގައި އަނގޮޅިތީމް މަސްޖިދުލް ތަޢާލުފްގައި ކައުންސިލްގެ ހުއްދަނެތި ދަރުސްދީފައިވާތީ ޝައިޚް ޝަމްއޫން ކައުންސިލްގެ އިދާރާއަށް ހާޟިރުވުމަށް ކައުންސިލް އިދާރާގެ ފަރާތުން އެތަނުގެ މަސައްކަތު މީހާ އަނގަބަހުން ޝައިޚް ޝަމްޢޫންއަށް އަންގާފައިވާ ކަމަށެވެ. އަދި ލިޔުމަކުން އެކަން އެނގުމަށް ޝައިޚް ޝަމްޢޫން އެދިފައިވާ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އަނގޮޅިތީމް ކައުންސިލްގެ ރައީސް ޤާސިމް ހަސަން ވިދާޅުވެފައިވަނީ ޝައިޚް ޝަމްޢޫނަށް ކައުންސިލް އިދާރާއަށް ހާޟިރުވުމަށް އެންގީ ހުއްދަނެތި މިސްކިތުގައި ދަރުސް ދީފައިވާތީ އެކަމުގެ މައުލޫމާތު ސާފުކުރުމަށް ކަމަށާއި ދަރުސް ހުއްޓުވުމުގެ މަޤްޞަދުގައި ނޫންކަމަށެވެ.

“ރޭ މިސްކިތުގައި ދަރުސް ހިނގަމުންދިޔަ ވަގުތު ރަށުގެ ދެތިން މީހަކު އަޅުގަނޑު ގާތު އެހި ހުއްދަ ހޯދައިގެންތޯ ދަރުސް ދެނީ. އަޅުގަނޑު ބުނިން އަޅުގަނޑަށް އެނގިފައެއް ނެތޭ. ވަރަށް ގިނަ ރައްޔިތުން އެދުނު ދަރުސް ހުއްޓުވަންވެސް. އެމީހުންބުނި ދެން ހުކުރު ހޮނިހިރުގައި ތިމަންނަމެންވެސް މީހަކު ގެނެސް ހުއްދަ ނުނަގާ ދަރުސް ދޭންވީތޯ” ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ އިސްލާމިކް އެފެއަރޒް މިނިސްޓްރީއިން މިސްކިތްތައް ހިންގުމާއި ހަވާލުކޮށްފައިވަނީ ކައުންސިލާއި ކަމަށާއި މިސްކިތުގައި ދަރުސްދޭނަމަ ކައުންސިލްގެ ހުއްދަ ހޯދަން ޖެހޭނެކަމަށެވެ.

“ދެން މައުލޫމާތު ސާފުކުރުމަށް ހާޟިރުވާން ބުނުމުން މިބުނަނީ ލިޔުމުން އަންގާށޭ. އެއްވެސް މީހަކަށް އެރަށެއްގެ ކައުންސިލަށްވުރެ މަތީގައި ނުހުރެވޭނެ ” ޤާސިމް ވިދާޅުވިއެވެ.

ހުއްދަނެތި މިސްކިތުގައި ދަރުސް ދިނުމުން ޝައިޚް ޝަމްޢޫން ކައުންސިލް އިދާރާއަށް ހާޟިރުވުމަށް އަންގާފައިވާއިރު މިއަހަރުގެ އަޟްހާ ޢީދު ނަމާދު މައިދާނުގައި ކުރުމަށް އަނގޮޅިތީމްގެ އަނގޮޅިތީމް ކުރިމަގުގެ ރޫޙް ޖަމިއްޔާއިން ކުރި މަސައްކަތް ކައުންސިލުން ހުއްދަ ނުދިނުމުގެ ސަބަބުންވަނީ ހުއްޓާލަންޖެހިފައެވެ.

6 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. mihaa haayai kuda council eh dhushin tha

  2. Ei agolhitheem ga vaki jamaaiy hadhaagen dheen hathiyarakah hadhaagen hagurama ah dhaan govaala aakuri jamuyya

  3. Dheenee dharugeh dheynveema huhdha nagan vee! Rashumeehun buneeyo emeehun ves meehaku genes mikan kuran vee ho! Bahlavaa sheikuhnah maakurin ohnanee dheenee dharus dhinunuge huhdha ministry in ves dheefa! allah ge gekolhuga dharuheh dheyn ithurah nagan jehey huhdha eh noahnaane! Ekalaange dheen baykah ungannaidheyn nagan jehey huhdhaehves noahnaane! Efadha huhdha dheveyne meehehves nuhuhnaane! Kaubsiun noontho matheega thu uphuhvanee!

  4. SHAIKH AKAS RAEES AKAHS GAANOONA EHGOYY VAAGOTHAH KAN THAH KURANVAANEE. COUNCIL GE RAEES GE NAMAKEE GASIM HUSSEIN GASIM HASSANE NOON. NO ONE IS ABOVE THE LAW. AAKURI JAMIYYAA AH HAAM THANEH EID NAMAADH KURAN HUHDHA NULIBUNEE MAALAHUN HUHDHAHA EDHU NEEMA. COUNCIL IN RAAVAFA VANEE AAMISKITHUGA ALAH CARPET ALAIGEN ETHAA NAMAADHUKUARAN NAMAVES AAKURI JAMIYAAIN HAJJU DHUVAHUGE HAVEERU EID NAMAADH HAAMA THANEHGA KURAN HUDHA HOADHA AYEE EYRU AAMISKITHUGE BODU BAIGAI VANEE CARPET VES ALHAAFA

  5. mihaa haayai kuda council eh dhushin tha
    Bahlavaa sheikuhnah maakurin ohnanee dheenee dharus dhinunuge huhdha ministry in ves dheefa! allah ge gekolhuga dharuheh dheyn ithurah nagan jehey huhdha eh noahnaane! Ekalaange dheen baykah ungannaidheyn nagan jehey huhdhaehves noahnaane! Efadha huhdha dheveyne meehehves nuhuhnaane!

  6. aa carpet alhaagen rashu meehunah thithi dhakkuvan council in beynunvee dhiruven feshi sunnah ah fain araa chiskohfa..kon laheh faheh kiyaaka

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!