ހަގީޤީ ހާދިސާ: ނިހާދުގެ މޭގެ ޓިއުމަރު ރަނގަޅުވީ ޙައްޖަށްގޮސް ޒަމްޒަމްފެން ބުއިމުން

މިއީ ބޮސްނިޔާގެ ރައްޔިތަކަށް ދިމާވި ހަގީޤީ ހާދިސާއެކެވެ.

ބޮސްނިޔާގެ ސަރަޖީވޯ އަވަށުގައި ދިރިއުޅެމުންދިޔަ އުމުރުން 32 އަހަރުގެ ނިހާދު ޖޭ މުޅި ދިރިއުޅުން ހުއްޓުމަކަށްއައީ އޭނާގެ މޭގައި ޓިއުމަރެއް އުފެދިފައިވާ ކަމުގެ ހިތާމަވެރި ޚަބަރު ޑޮކްޓަރު ދިން ހިސާބުންނެވެ. މިއާއެކު ދުވަހެއް ދުވަހަކަށް އޭނާގެ ހާލަތު ދިޔައީ ދަށްވަމުންނެވެ. އޭނާ ދުނިޔޭގައި ހުންނާނެ ކަމަށް ޑޮކްޓަރުވެސް ލަފާކުރީ މަދު ދުވަސްކޮޅަކަށެވެ. ނަމަވެސް އަޅަމެންގެ އޯގާވަންތަވެރި އިލާހުގެ ރަޙްމަތް އަހަރުމެންނަށް ވިސްނޭ ވަރަށްވުރެވެސް މާތަނަވަހެވެ.

“އަހަރެންގެ ހަށިގަނޑުގައި ހަލުވިކަމާއެކު އެބަލި ފެތުރެމުންދާކަން ދެނެގަނެވުނީ 2006 ވަނައަހަރު. ބަލިމީހެއްގެ އޮންނާނީ އެންމެ އެދުމެއް. އަހަރެން އެކި ހޮސްޕިޓަލްތަކުގެ އެކި ޑޮކްޓަރުން ގާތަށްގޮސް އެކި ފަރުވާތަކާއި ތެރަޕީތައް ނެގިން. ބައްޔަށް ޝިފާއެއް ލިބޭތޯ ހުރިހާތަނެއް ބެލިން. އެކަމަކު އެކަމެއްނުވި. އެންމެ ފަހުގެ ތަހުލީލުތަކަށްފަހު ޑޮކްޓަރުންބުނީ ސްލޮވީނިއާ ނުވަތަ ސްވިޒަރލެންޑުން އަހަރެންގެ ލިވަރ ޓްރާންސްޕްލާންޓް ހަދަން. އެކަމަށްޓަކައި ޑޯނަރއެއް ހޯދުމަކީ ވަރަށް އުނދަގޫކަމެއް. ޑޯނަރއެއް ލިބޭތީ ލިސްޓުގައި ތިބި މީހުންގެ ކިއު ވަރަށްދިގު. އަހަރެންގެ ހަޔާތުގެ ކަށިވެސްދިޔައީ އެނބުރެމުން”

“އަހަރެންނަކީ އިސްލާމްދީންދެކެ ލޯބިވާ މުސްލިމެއް. މިހާލަތުގަވެސް އަހަރެންނަށް ހިތްހަމަޖެހުން ގެނުވައިދިނީ އަހަރެން ޤަބޫލުކޮށްގެން ހުރި އިސްލާމްދީނުގެ މަތިވެރި އަޤީދާ. ދުނިޔޭގައިވާ އެއްވެސް އެއްޗެއް އެއާ އެއްފަދަ ނުކުރެވޭހާ އަގުހުރި އެއްޗެއް އިސްލާމްދީނަކީ. ޙައްޖަށް ދިޔުމަކީ މިދުނިޔެއިން އަހަރެން އެންމެ ބޭނުންވި ކަންތައް. ދުނިޔެ ދޫކުރުމުގެ ކުރިން އެކަން ހާސިލްކުރުމަކީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް” ނިހާދު ކިޔައިދިނެވެ.

ބަލިހުރިކަން އެނގުނުތާ ހަތްމަސްފަހުން، 2007 ވަނަ އަހަރު ހައްޖަށް ދިޔުމުގެ ހުރިހާ ތައްޔާރީތަކެއް ނިންމާ ނިހާދު ހައްޖަށްފުރިއެވެ. މައްކާއާއި މަދީނާގެ ބިމުން ނިހާދުގެ ބައްޔަށް ޝިފާ ލިބޭނެކަމަށް އޭނާ އޭރުވެސް ހިޔެއް ނުކުރެއެވެ. މަދީނާއަށް ދެވުމާއެކު އެތަނުން ނިހާދުއާއި ބައްދަލުވީ ސަރަޖީވޯއާއި ކައިރި އަވަށެއްކަމުގައިވާ ވިސޯކޯގެ އިމާމަކާއެވެ. އެއާއެކު ބޮސްނިޔާ ހަނގުރާމައިގައި ވެފައިވާ ޒަޚަމްތައްފެނި ނިހާދު ކުރެން އޭނާގެ ހާލު އޮޅުން ފިލުވައި ދަތުރު ކިހިނެއްތޯ އިމާމްމީހާ ސުވާލުކުރިއެވެ. ޖަވާބުގައި މޭގައިވާ ޓިއުމަރާއި އަޅާ ބަލާއިރު ފަޔަށް ލިބުނު ޒަޚަމްތަކަކީ އެއްވެސް އެއްޗެއް ނޫންކަމަށްބުނެ އިމާމު މީހާއަށް ނިހާދުގެ ހާލު އޮޅުންފިލުވައި ދިނެވެ.

މިއާއެކު އިމާމްމީހާ އާދެވިފައި ތިހުރީ ރަނގަޅުތަނަށް ކަމަށްބުނެ ނިހާދުއަށް ޒަމްޒަމް ފެނުގެ ބަރަކާތް އޮޅުން ފިލުވައިދިނެވެ. އަދި އެއިން ޝިފާ ލިބުމަށްއެދި ޒަމްޒަމްފެން ބުއިމަށް އިމާމްމީހާ ނިހާދުއަށް އިރުޝާދު ދިނެވެ.

އިމާމް މީހާގެ އިރުޝާދު އަޑުއަހައި މައްކާއާއި މަދީނާގައި ހޭދަވީ ދުވަސްތަކުގައި ނިހާދުގެ ކެއުމަކަށްވެސް ބުއިމަކަށްވެސްވީ ޒަމްޒަމް ފެނެއެވެ. ހަފްތާއެއް ފާއިތުވެގެންދިޔައިރު ހަށިގަނޑަށް ބަދަލުތަކެއް އަންނަމުންދާކަމުގެ އިހްސާސް ނިހާދުއަށްވެސް ކުރެވެން ފަށައިފިއެވެ. މިއާއެކު އޭނާގެ ހަށިގަނޑު ދުވަހެއް ދުވަހަކަށް ދިޔައީ ރަނގަޅު ވަމުންނެވެ.

” ޙައްޖުގެ އަޅުކަންނިންމާ ބޮސްނިޔާއަށް އައިސް ހެދި ޓެސްޓްތަކުން އެނގުނީ ޓިއުމަރުގެ މައްޗަށް ނަޞްރު ހޯދިއްޖެކަން. އަލްހަމްދުލިﷲ. މިކަން ވެގެންދިޔައީ އަހަރެންނަށްވެސް އާއިލާއަށްވެސް އަދި ޑޮކްޓަރުންނަށްވެސް ހައިރާންކަން ގެނުވި ކަމަކަށް ” ނިހާދު ކިޔައިދިނެވެ.

މިހާދިސާއަށް 11 އަހަރު ފުރުނީއެވެ. ﷲ ގެ ރަޙުމަތުން މިއަދާ ހަމައަށްވެސް ނިހާދު ހުރީ ދުޅަހެޔޮ ސިއްޚަތެއްގައެވެ. ނަމަވެސް އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އޭނާ ޒަމްޒަމް ފެން ބުއިން ހުއްޓާ ނުލައެވެ. އޭނާއަށް ﷲ ސުބްހާނަހޫ ވަތަޢާލާ ދެއްވި ނިޢުމަތަށް ޝުކުރުވެރިވެއެވެ.

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Alhamdulillah ALLAH Akbar
    Maasha ALLAH reethi
    ALLAH ee ehme oagaawanthaweri hama ekani ilaahu

  2. Alhamdulillah ALLAH Akbar

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!