ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ނުވަ މީހަކު މިހާތަނަށް ވިހައިފި

  • ނަމިރާ ހޮސްޕިޓަލުގައި ވިހި ޔަމަނުގެ ޙައްޖުވެރިޔާގެ ދަރިފުޅާއިއެކު އެތަނުގެ މުވައްޒަފެއް / ފޮޓޯ ސައުދީ ގެޒެޓް

1438 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދިޔަ ހައްޖުވެރިންގެ ތެރެއިން ނުވަ މީހަކު ވިހައިފިއެވެ.

މައްކާގެ މެޓަރނިޓީ އެންޑް ޗައިލްޑް ހޮސްޕިޓަލާއި ހަވާލާދީ ސައުދީ ގެޒެޓުން ހާމަކޮށްފައިވާ ގޮތުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށްއައި ޙައްޖުވެރިންގެ ތެރެއިން ނުވަމީހަކުވަނީ މިހާތަނަށް ވިހާފައެވެ.

މިހޮސްޕިޓަލުގައި ވިހި އަލްޖީރިޔާގެ އަންހެން ހައްޖުވެރިޔަކު ބުނި ގޮތުގައި މައްކާފަދަ މާތް ބިމެއްގައި ވިހަން މެދުވެރިވުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ.

“އަހަރެން ހައްޖަށްއައީ އެކަނި، އެހެންނަމަވެސް މިހާރު އަހަރެންގެ ކުޑަ އަންހެންދަރިފުޅު އަހަރެންނާއެކު އެބަހުރި. މިބިމުގައި (މައްކާގެ) ވިހަންޖެހުމުން އަހަރެން މިހިރީ ވަަރަށް އުފަލުން”

ހައްޖުގެ އަޅުކަން އަދާކުރުމަށްދިޔަ ޔަމަނުގެ އަންހެން ޙައްޖުވެރިޔަކުވެސްވަނީ އިއްޔެ އަރަފާތު ބިމުގައި ވިހާފައެވެ. އަރަފާތު ބިމުގައި ހުން އަލް ރަހްމާ ފަރުބަަދަ މަތީގައި އޭނާ ހުއްޓަ ބަނޑުގައި ރިއްސަން ފެށުމުންވަނީ ނަމިރާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިހައަހަރުގެ ހައްޖުގެ އަޅުކަމުގައި ދެމިލިއަނެއްހާ މުސްލިމުން ބައިވެރިވެފައިވާއިރު މީގެ ތެރެއިން 780،681 އަކީ އަންހެން ހައްޖާޖީންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!