ދުނިޔޭގެ އެންމެ ބޮޑު ޕްރިސްކޫލް ސިންގަޕޫރުގައި ހުޅުވައިފި

މިހާތަނަށް ޢިމާރާތްކުރި އެންމެ ބޮޑު ޕްރީސްކޫލް ސިންގަޕޫރުގައި ހުޅުވައިފިއެވެ.

2100 ކުދިންގެ ޖާގައިގެ މިޕްރިސްކޫލް ހުޅުވަފައިވަނީ މިދިޔަ ބުދަދުވަހުއެވެ.

50،000 ސްކައަރ ފޫޓުގެ ބިމެއްގައި ޢިމާރާތްކޮށްފައިވާ މިޕްރިސްކޫލްގައި ފަސް ޢިމާރާތެއް ހުންނައިރު ޖުމްލަ 100 ކްލާސް ރޫމް ހިމެނެއެވެ.

މީގެ އިތުރުން ކުދިން ކުޅިވަރު ކުޅެއުޅުމަށް ހިތްގައިމު ވަސީލަތްތަކެއް ޤާއިމްކޮށްފައިވާއިރު މިސްކޫލް ޢިމާރާތްކޮށްފައިވަނީ 20 މީޓަރު ދިގު ސްވިމިންގ ޕޫލަކާވެސް އެކުގައެވެ.

އޮސްޓްރޭލިއަން އިންޓަރނޭޝަނަލް ސްކޫލާއި ސްޓެމްފޯޑް އެމެރިކަން އިންޓަރނޭޝަނަލް ސްކޫލް ގުޅިގެން ހިންގާ މި ޕްރިސްކޫލްގައި ކިޔަވައިދެނީ އަހަރު ދެމިސްޓަރއަކަށް ބަހާލައިގެންނެވެ. އަދި ކިޔަވަންދާ ކުދިންގެ ފީ ކަނޑައަޅާފައިވަނީ އެކުއްޖެއްގެ އުމުރަށް ބަލައިގެންނެވެ. އެގޮތުން ހަފްތާއަކު ފަސްދުވަހު ކިޔަވަންދާ އުމުރުން ތިންއަހަރުގެ ކުއްޖަކަށް 14500 ސިންގަޕޫރު ޑޮލަރު ސެމިސްޓަރއަކަށް ދައްކަން ޖެހެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!