އެންމެ ގިނައިން ހައްޖަށް މީހުންދިޔަ ޤައުމުތައް

1438 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން ފެށިގެން ކުރިއަށްދާއިރު މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 2 މިލިއަނެއްހާ މުސްލިމުންދަނީ ބައިވެރިވަމުންނެވެ.

ސައުދީ އަރަބިޔާގެ ހައްޖާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން އެންމެ ގިނައިން މީހުން ހައްޖަށް ގޮސްފައިވަނީ މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނޭސިއާއިންނެވެ. އެގޮތުން އެންމެ ގިނައިން މީހުން ހައްޖަށް ގޮސްފައިވާ ޤައުމުތަކަކީ:

1- އިންޑޮނޭސިއާ : 221،000 ހައްޖުވެރިން
2- ޕާކިސްތާން : 179،210 ހައްޖުވެރިން
3- އިންޑިއާ : 170،000 ހައްޖުވެރިން
4- ބަންގްލަދޭޝް : 127،198 ހައްޖުވެރިން
5- މިޞްރު : 108،000 ހައްޖުވެރިން

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 1،082،228 ފިރިހެނުންނާއި 780،681 އަންހެން ހައްޖާޖީންދަނީ ބައިވެރިވަމުންނެވެ. އަދި ހައްޖުވެރިންނަށް ހާއްސަކޮށްގެން މިނާގައިވަނީ 45،000 ފޭލިގެ ޖަހާފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!