ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ކައުބާގެ އުރަކޮޅު ( ކިސްވާ ) ބަދަލުކޮށްފިއެވެ.

ކައުބާގެ ކިސްވާއޭ ކިޔުނު، ރަނުގެ އާޔަތްތަކުން ޖަރީކުރެވިފައިވާ ކަޅުކުލައިގެ އުރަކޮޅު ބަދަލުކޮށްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މައްކާގެ ކިސްވާ ފެކްޓްރީގެ ޑިރެކްޓަރ ޖެނެރަލް ހާމަކުރާ ގޮތުގައި ގެފުޅުގެ އުރަކޮޅު ތައްޔާރުކުރުމުގައި މިއަހަރުވެސް ގިނަ އަދަދެއްގެ މަސައްކަތު މީހުން ހަރަކާތްތެރިވެފައިވާ ކަމަށާއި ކިސްވާ ތައްޔާރު ކުރުމަށް ހަމިލިއަން ޑޮލަރު ޚަރަދުވެފައިވާ ކަމަށެވެ.

ރަނުގެ ބަރަނި ބޭނުންކޮށްގެން ޤުރުއާނުގެ އާޔަތްތައް ވިޔެފައި ހުންނަ ގެފުޅުގެ އުރަކޮޅު ތައްޔާރުކުރުމަށް 700 ކގ ގެ ސިލްކްއާއި 120 ކގ ގެ ރަނާއި އަދި ރިހި ބޭނުންކޮށްފައިވެއެވެ. ސިލްކް އެތެރެކުރަނީ އިޓަލީއިންނެވެ. އަދި ރަނާއި ރިހީގެ ބަރަނި ސައުދީއަށް އެތެރެކުރަނީ ޖަރުމަނުންނެވެ.

ގެފުޅުގެ އުރަކޮޅަކީ ރަނާއި ރިހިން ޤުރުއާނުގެ އާޔަތްތައް ލިޔެ ޖަރީ ކުރެވިފައިވާ ކަޅުކުލައިގެ ކިސްވާއެކެވެ. ނުވަތަ އުރަކޮޅެކެވެ. މި އުރަކޮޅު ކުރިން ހަދައިގެން ގެންނަނީ މިޞުރުންނެވެ. ނަމަވެސް، 1962 ގެ ފަހުން ސަޢުދީ ޢަރަބިއްޔާގެ ބާނީ ރަސްގެފާނު އަބްދުލް ޢަޒީޒުގެ ޤަރާރުގެ ދަށުން މައްކާގައި ކިސްވާ ފެކްޓްރީއެއް ވަނީ އުފައްދަވާފައެވެ. އަދި ގެފުޅުގެ އުރަކޮޅު ހެދުން ވަނީ އޭރުއްސުރެ މި ފެކްޓްރީއާ ހަވާލުކުރެވިފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!