ރާއްޖޭގެ ޚަބަރު

މޫނު ބުރުގާއާއި ދެކޮޅަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް އަދާލަތުން ގޮވާލައިފި

މޫނު ބުރުގާ އެޅުމުގެ ސަބަބުން ވަޒީފާއިން ވަކިކުރި ފަރާތްތަކުގެ ވަޒީފާ ވަގުތުން އިއާދަކުރުމަށާއި މޫނު ބުރުގާއާއި ދެކޮޅަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ގޮވާލާ އަދާލާތު ޕާޓީއިން ނޫސް ބަޔާނެއް ނެރެފިއެވެ.

މިދިޔަ ބުރާސްފަތިދުވަހު އެޕާޓީން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ އަދި އަދާކުރުމަށް ބޭނުންވާ ތައުލީމީ ޤާބިލް އަންހެން ބެފުޅުންނަށް މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމުގެ ފުރުޞަތަށް ތަކުރާރުކޮށް އެދެމުންދާހިނދު، އެފުރުޞަތަށް އިންކާރުކޮށް މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރާ ފަރާތްތަކާއި ދެކޮޅަށް ތަފާތު އެކިއެކި ޣައިރު ޤާނޫނީ ފިޔަވަޅުތައް އަޅައި ވަޒީފާއިން ވަކިކުރަމުންދާ ދިޔުމަކީ އަދާލަތު ޕާޓީއިން އެންމެ މަތީ ދަރަޖައިގައި ކުށްވެރިކުރާ ކަމެއްކަމަށެވެ.

 

އަދި އިސްލާމީ ޝިއާރުތައް ހުއްޓުވާ އިސްލާމީ ފޭރާން މަނާކުރުމަށް ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ހިންގަމުންދާ މިޢަމަލަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ބަލިކަށިކޮށް ރައްޔިތުންގެ މެދުގައި ފިތުނަވެރިކަމާއި ދެކޮޅުވެރިކަން އާންމުކުރުމަށް ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއަށް އިތުރުވެގެންދާ އަނިޔާވެރި ބޮޅެއް ކަމަށާއި ތަކުރާރުކޮށް ހިންގަމުންދާ މިފަދަ ޢަމަލުތަކުގެ ސަބަބުން މާތްވެގެންވާ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށް ވެރިކަމާއި ހަވާލުވި ފަރާތްތައް އެހުވައާއި ޚިލާފުވެ އިސްލާމްދީން ޚިމާޔަތްކުުރާކަމަށް ބުނެ ރައީސް ޔާމިން ކުރާ ދައުވާތަކުގެ ދޮގުކަން މިކަމުން ހާމަވެގެންދާ ކަމަށެވެ.

އަދާލަތުގެ މިބަޔާނުގައިވަނީ މޫނު ބުރުގާ އަޅާ މުވައްޒަފުންނަށްވެސް އެނޫން މުވައްޒަފުންނެކޭ އެއްގޮތަށް ވަޒީފާ އަދާކުރެވޭނެ ހަމަހަމަ ފުރުޞަތުތަކެއް ޤާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ޤާނޫނާއި ޤަވައިދުތަކާއި ޚިލާފަށް ސިވިލް ސަރވިސް ކޮމިޝަނުން މިފަދަ މައްސަލަތަކުގައި ސަރުކާރުގެ ދޯހަޅި ސިޔާސަތު ތަންފީޒުކުރުމަށް ކުރާ މަސައްކަތް ހުއްޓާލުމަށްވެސް ގޮވާލާފައިވެއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. Maai ALLAH Quran ga faaluwegen waa than fiyawai ehen than than niwaakurumah angawaafai wumun kaakah engeyni ey moon aai dhe aithila kameh faalhu kurumah engewee
    Rasoola SAW ge anbi kanbalun adhi sahaabeenge anbikanbalun wes ulhuhwi moon niwaa kohgen hiley firihenun kurimathyga
    Molhethi ilm werin dheki lahwaa gothah ehme balikashi hadhees akah burawe egothah quran tharugamaaga maan kohfai ewani
    Dhn anhenwerin ge hashigadu fiyawaa firihenwerin ehme warah balaa ulhey thanaki moon
    Emeehun gayaa kuruwaane kameh adhi haahsakoh anhenaage hinithunwun
    Buhdhiweri anhenun amihlayah wisnaaleema wes engeyne
    Ehenweema isthashigadu niwaakuraa iru e ah wure bodu zeenatheh kamah waa moon faalhu kuraakah nuwaane dhw
    Moon niwaa kohgen ulhey eemaan theri thaguwaaweri anhen kanbalun ulhenee Maasha ALLAH warah wes ufalugaa
    dhn hama ekani moon ga kuda fothikolhehlaa niwaakohgen ulhey anhen kanbalun nah wazeefa nudheynwee konkamakaa
    Niwaa kohgen huhtas e ee kaakukan dheneganeweyne baiwaru goithah hunnaane dhw
    Gos kameh kuran gos wisnumehga thanakah meehaku dhaan beynunwehjehya emeehaku konmehen kalhu hedumeh laa farudhaa nuwi akas mizamaanuga wehjehya soora badhalukohgen skin mask alhaigen fake id card hifaigen wes emeehaku balaane dhw ekameh weytho
    Maai ALLAH mathy magaam thah dhehwawaafa waa faraai thakun
    Anhen kanbalun nah ALLAH dhehwa waafa waa hahg rahkaatheri kohdhen waane dhw
    Maai ALLAH anhen kanbalunah ulhen engewi gothah mi bimuga faseyhakan mathy hinhamajehigen ulheweyney rahmail lahwawaan dheywe aameen ya ALLAH

Your email address will not be published. Required fields are marked *