ސައުދީގައި މިފަހަރުގެ ޢީދު ބަންދަށް 16 ދުވަސް

1438 ވަނަ އަހަރުގެ އަޟްހާ ޢީދާ ދިމާކޮށް 16 ދުވަސް ބަންދުވާނެ ކަމަށް ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް ސިވިލް ސަރވިސްއިން ހާމަކޮށްފިއެވެ.

އެގޮތުން އެމިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި ހައްޖުމަހުގެ ދެވަނަ ދުވަހުން ފެށިގެން ފަނަރަ ވަނަ ދުވަހާ ހަމައަށް އެއީ އީދު ޗުއްޓީއަށް ސަރުކާރު ބަންދު ދުވަސްތަކެވެ. ޗުއްޓީ ނިންމާފައި މުވައްޒަފުން އޮފީހަށް ނިކުންނަށް ޖެހެނީ ހައްޖުމަހުގެ 16 ވާ އާދީއްތަ ދުވަހުއެވެ.

ސިވިލް ސަރވިސް މިނިސްޓްރީގެ ޤަވައިދު ބުނާގޮތުން އަޟްހާ އީދު ބަންދަކީ ހައްޖުމަހުގެ 5 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާއި ހަމައަށެވެ.

އަޟްހާ ޢީދު ބަންދަށް 16 ދުވަސް ލިބިގެންދާނީ ސަރުކާރުގެ ވަޒީފާ ތަކުގައި މަސައްކަތްކުރާ މީހުންނަށެވެ. އަމިއްލަ ކުންފުނި ފަދަ ތަންތަނުގައި މަސައްކަަތްކުރާ މީހުންގެ ޢީދު ބަންދު ކަނޑައަޅާނީ އެމީހަކު ވަޒީފާ އަދާކުރާ ތަނަކުންނެވެ. އެހެން ނަމަވެސް އަމިއްލަ ތަންތަނުގައި މަސައްކަތް ކުރާ މީހުންނަށްވެސް ޢަރަފާތު ދުވަހުން ފެށިގެން ހަތަރު ދުވަހުގެ ޗުއްޓީއެއް ޢީދު ބަންދުގެ ގޮތުގައި ދިނުމަށް ސައުދީގެ ޤާނޫނުތައް ލާޒިމް ކުރެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!