ދުނިޔެ

ހަރަމްފުޅު ބޮޑު ކުރުމުގެ މަސައްކަތް ހައްޖުގެ ފަހުން އަލުން ފަށަނީ

1436 ވަނަ އަހަރުގެ ހައްޖު މޫސުމުގައި ކްރޭން ވެއްޓި ހިނގި ހިތާމަވެރި ހާދިސާއަށްފަހު ހަރަމްފުޅު ބޮޑު ކުރުމުގެ މަސައްކަތް މަޑު ޖެހިފައި އޮތުމަށްފަހު އަލުން މަސައްކަތް ފަށާގޮތަށް ނިންމައިފިއެވެ.

މަސްދަރުތަކާއި ހަވާލާދީ ސައުދީ ގެޒަޓުން ބުނެފައިވަނީ ހަރަމްފުޅު ބޮޑު ކުރުމުގެ މަސައްކަތް އަލުން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ހައްޖު މޫސުން ނިމުމަށްފަހުގައެވެ.

2015 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުގެރޭ ހިނގި މިހާދިސާގައި 107 މީހަކު ނިޔާވުމުގެ އިތުރަށް 238 މީހަކު ވަނީ ޒަހަމުވެފަ އެވެ.

ކްރޭން ވެއްޓުމުގެ ހާދިސާއާއެކު އެމަސައްކަތް ކުރަމުންދިޔަ ބިން ލާދިން ގްރޫޕް ސަސްޕެންޑް ކުރުމަށްފަހު ފަހުންވަނީ އެކަން އުވާލާފައެވެ.

ސައުދީ ގެޒެޓުން ހާމަކޮށްފައިވާ ގޮތުގައި ކްރޭން ވެއްޓުމުގެ ހާދިސާއަށްފަހު ހަރަމްފުޅު ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް ނުގޮސްފައިއޮތީ ތެލުގެ އަގު ދަށަށް ދިޔުމާއެކު ސައުދީގެ އިޤްތިޞާދަށްވެސް ކުރިމަތިވި ލޮޅުންތަކާވެސް އެކުގައެވެ.

ހަރަމްފުޅު ބޮޑު ކުރުމުގެ މަޝްރޫޢަކީ 26.6 ބިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ