ސަލަފްގެ “ރިޝްވަތު” ދަރުސް މާދަމާރޭ

  • ސަލަފުން ބޭއްވި ހަތަރު އިމާމުންގެ އަޤީދާ ދަރުސްގެ ތެރެއިން / ފޮޓޯ ޖަމިއްޔަތުއް ސަލަފް

“ރިޝްވަތު” ގެ ނަމުގައި ޖަމިއްޔަތުއް ސަލަފްއިން އިންތިޒާމްކުރާ ދަރުސް މާދަމާރޭ އޮންނާނެއެވެ.

މާދަމާރޭ އަލިމަސް ކާނިވަލްގައި އޮންނަ މިދަރުސް ދެއްވާނީ އައްޝައިޚް މުޙައްމަދު ނަޝީދު އާދަމްއާއި އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ޤާސިމްއެވެ.

މިދަރުސްއާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސަލަފްގެ ޢިލްމުވެރިންގެ މަޖްލިސްގެ މެމްބަރު އައްޝައިޚް މުޖުތަބާ ހަމީދު ވިދާޅުވީ މިފަދަ ދަރުހެއް ބޭއްވުމުގެ އެންމެބޮޑު އެއްމަޤްޞަދަކީ ދިވެހި މުޖްތަމަޢުގައި ރިޝްވަތުގެ ވަބާ ފެތުރިގެންދާތީ އާއި އަދި މިކަމުގެ ނޭދެވޭ އަސަރު ވަރަށްގިނަ މުއައްސަސާތަކުން ފެންނަމުންދާތީ، ދިވެހިރައްޔިތުން މިކަމުން ސަލާމަތްކުރުންކަމަށެވެ.

މާދަމާރޭ 20:45 ގައި ފެށުމަށް ހަމަޖެހިފައިވާ މިދަރުސް ވީއެފްއެމްއިން ލައިވްކޮށް ފޮނުވާނެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!