ފިހާރައަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

މާލޭގެ ފިހާރައަކުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ ދެބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއަކާއި ފިހާރައެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއް ކިލޯގެ ޕެކެޓަކާއި 30 ދަޅު ފެނިފައިވާ ކަމަށާއި މި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައި ވަނީ 25 އަހަރާއި 30 އަހަރުގެ ދެ ބިދޭސީން ކަމަށެވެ.

މިމައްސަލައިގައި މަސްތުވާތަކެތި އަތުލައިގަތް ފިހާރަ އަދި ބަލައި ފާސްކުރި ގޭގެ ނަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!