ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ ހުރިހާ ހައްޖުވެރިން ސައުދީއަށް ގޮސްފި

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން ހައްޖަށްދާ 694 ހައްޖުވެރިން ސައުދީ އަރަބިޔާއަށް ގޮސްފިއެވެ.

އެގޮތުން ތިން ދުވަހެއްގެ މަތިން ހައްޖުވެރިން ސައުދީއަށް ގޮސްފައިވާ އިރު، ފުރަތަމަ ގްރޫޕް ފުރާފައިވަނީ މިމަހުގެ އަންގާރަދުވަހުއެވެ. އެދުވަހު 214 މީހަކު ސައުދީއަށް ގޮސްފައިވާ އިރު މިމަހުގެ 10 ވަނަ ދުވަހު ފުރި ދެވަނަ ގްރޫޕްގައި 282 މީހަކުވަނީ ސައުދީއަށް ގޮސްފައެވެ. އެންމެ ފަހު ގްރޫޕް ފުރާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ރެއެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ހުރިހާ ދިވެހިންގެވެސް ހާލު ރަނގަޅު ކަމަށް އެކޯޕަރޭޝަންއިން ހާމަކުރެއެވެ.

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދިޔަ ހުރިހާ ހާޖީން މައްކާގައި ތިބެނީ ރެފާ ހޮޓަލުގައެވެ. އެހޮޓަލުން ގާތްގަޑަކަށް 12 މިނެޓުން ހަރަމްފުޅަށް ހިނގާލާފައި ދެވޭނެކަމަށް އެކޯޕަރޭޝަންއިން މައުލޫމާތުދެއެވެ.

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ހުރިހާ ހައްޖުވެރިންނަށް މަބްރޫރު ހައްޖެއް މިންވަރު ކުރައްވާށި. އާމީން

  2. ހައްޖު ކޯޕަރޭޝަންއިން ހައްޖުވެރިނަންށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކާމެދު ވަރަށް ހިތްހަމަޖެހޭ. ތިގޮތުގައި ކުރިއަށް ދިއުމުގެ ތައުފީޤް އެމްޑީ ޔާމިންއާއި ޓީމްއަށް މިންވަރު ކުރައްވާށި. އާމީން

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!