ދުނިޔޭގައި ބާއްވާ ކަދުރުގެ އެންމެ ބޮޑު ފެސްޓިވަލް ސައުދީގައި

ދުނިޔޭގައި ބާއްވާ ކަދުރުގެ އެންމެ ބޮޑު ފެސްޓިވަލް ސައުދީ އަރަބިޔާގެ ޤަސީމްގައި ފެށިގެން ކުރިއަށް އެބަދެއެވެ.

ހޮނިހިރު ދުވަހު ފެށިގެން ކުރިއަށްދާ މިފެސްޓިވަލްއަކީ ކަދުރު ހައްދާ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެކެވެ.

މުޅި ދުނިޔެއިން ކަދުރުގެ 25 އިންސައްތަ ހިއްސާކުރާ ސައުދީ އަކީ ދުނިޔެއިން އެއްޤައުމެއްގައި އެންމެ ގިނައިން ކަދުރު ރުއް އިންދާ ހައްދާ ޤައުމެވެ. އެގޮތުން ޤަސީމްއަކީ ސައުދީގައި އެންމެ ގިނައިން ކަދުރު ރުއް ހައްދާ ސަރަހައްދެވެ. ހިސާބުތައް ދައްކާ ގޮތުން ޤަސީމްގައި 7 މިލިއަނަށްވުރެ ގިނަ ކަދުރު ރުއް ހަައްދާފަވެއެވެ.

މިކަދުރު ފެސްޓިވަލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ ޚާލިދު އަލް ނިގައިދާން ވިދާޅުވީ ދަނޑުވެރިންނާއި ވިޔަފާރިވެރިންނަށް އެހެންވެސް ފަރާތްތަކަށް ވިޔަފާރިއަށް ފަސޭހަވާނެ އިންތިޒާމްތައް މިފަހަރުގެ ފެސްޓިވަލްގައި ޤާއިމް ކޮށްފައިވާ ކަމަށާއި މިފަހަރުގެ ފެސްޓިވަލްގައިވެސް ކަދުރުގެ ކޮލިޓީ ހިފެހެއްޓުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!