އައިޔޫއެމްގެ ވަގުފު ޢިމާރާތް “ސަނާބިލް” ކުރަހައިދޭނެ ފަރާތެއް ހޯދަނީ

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ވަގުފު އިމާރާތް ކުރަހައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

އެގޮތުން މިކަމާއި ގުޅޭ މައުލޫމާތު ސާފުކުރުން 17 އޯގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އައިޔޫއެމްގައި އޮންނައިރު އަންދާސީ ހިސާބު ހުށަހަޅަންޖެހެނީ 22 އޯގަސްޓް 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށެވެ، އަދި މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ކަމަށް އިސްލާމީ ޔުނިވަރސިޓީއިން ހާމަކޮށްފައިވެއެވެ.

ހުޅުމާލޭގައި 10 ބުރިއަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މިވަގުފު ޢިމާރާތަކީ އިސްލާމީ ޔުނިވަރސިޓީގެ ހިންގުމަށް ބޭނުންވާ ފައިސާ އަދި އެހެނިހެން ކަންކަމަށް ހޭދަކުރާނެ ފައިސާ ހޯދަން ހަދާ އިމާރާތެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!