ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ ފުރަތަމަ ގްރޫޕް ފުރައިފި

1438 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް ފުރައިފިއެވެ.

އެގޮތުން މިއަދު 214 މީހަކުވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ފުރާފައެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު 693 މީހުން ހައްޖަށްދާއިރު، ބާކީ ތިބި މީހުން ފުރަން ހަމަޖެހިފައިވަނީ މިމަހުގެ 10 އަދި 11 ވަނަ ދުވަހުއެވެ.

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށް ވަޑައިގަންނަވާ ހުރިހާ ހާޖީން މައްކާގައި ތިބޭނީ ރެފާ ހޮޓަލުގައެވެ. އެހޮޓަލުން ގާތްގަޑަކަށް 12 މިނެޓުން ހަރަމްފުޅަށް ހިނގާލާފައި ދެވޭނެކަމަށް އެކޯޕަރޭޝަންއިން ހާމަކުރެއެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ހުރިހާ ހައްޖުވެރިންނަށްވެސް މަބްރޫރް ހައްޖެއް މިންވަރު ކުރައްވާށި! އާމީން

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!