“ޕެބަލްސް” ނަމުގައި ޕީސް ފައުންޑޭޝަންއިން އާއިލީ ހަވީރެއް ބާއްވަނީ

“ޕެބަލްސް” ނަމުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ޕީސް ފައުންޑޭޝަންއިން އާއިލީ ހަވީރެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އެޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާހް (ޗޭ) ވިދާޅުވީ މިއާއިލީ ހަވީރަކީ ކުރިއަށް އޮތް އަޟްހާއީދާއި ދިމާކޮށް އެޖަމިއްޔާގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށެވެ.

ސެޕްޓެމްބަރ 2 އަދި 3 ވަނަ ދުވަހު ވިލިމާލޭ ބޯޅަދަނޑުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިހަރަކާތުގައި އިސްލާމް ދީނުގެ ތަރަހައިގެ ތެރެއިން އާއިލާތަކަށް ބައިވެރިވެ މަޖާ، ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ތަފާތު ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.

މިހަރަކާތުގެ މެއިން ސްޕޮންސަރއަކީ މޯލްޑިވްސް އިސްލާމިކް ބޭންކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!