އެމްއައިބީގެ އެހީގައި ހަތަރު ކޮލެޖަކުން ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި

ރާއްޖޭގެ ހަތަރު ކޮލެޖެއްގައި ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް އަމާޒުކޮށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ފައިނޭންޝަލް ސްކީމެއް ތައާރަފް ކޮށްފި އެވެ.

އެގޮތުން މަންދު ކޮލެޖް، ސައިރިކްސް ކޮލެޖް، އެވިޑް ކޮލެޖް އަދި އެމްއައި ކޮލެޖުގައި ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް މިސްކީމުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި ސްކީމުގެ ދަށުން ތައުލީމް ހާސިލް ކުރެވޭނީ ޑިޕްލޮމާ ލެވެލް އިން މަތީގެ ކޯސްތަކުގަ އެވެ. މި ސްކީމުގެ ދަށުން އެންމެ މަދުވެގެން ދޫކުރަން ހަމަޖައްސާފައިވަނީ 30،000ރ. އެވެ. އަދި އެންމެ ގިނަވެގެން 250،000ރ. އެވެ.

އެމްއައިބީގެ މިސްކީމްގައި ބައިވެރިވެވޭނީ، އެ ބޭންކާ އެކު އެއްބަސްވުމެއް ހަދާފައިވާ ތަނެއްގައި ވަޒީފާ އަދާކުރާ މީހުންނަށެވެ. އަދި އެމީހަކީ އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހޭއިރު މުސާރައިގެ ގޮތުގައި މަދުވެގެން 4،000ރ. ލިބެންޖެހެއެވެ. ނަމަވެސް އެއަދަދަށް މުސާރަ ނުލިބޭނަމަ، އެހެން މީހަކު ބައިވެރިކޮށްގެން ވެސް ސްކީމުގައި ބައިވެރިވެވޭނެ ކަމަށް އެމްއައިބީއިން ހާމަކުރެއެވެ.

މިސްކީމްގައި ބައިވެރިވާ ފަރާތްތަކުން ކިޔެވުން ނިންމާލުމަށްފަހު ހައަހަރު ތެރޭގައި އެފައިސާ އަނބުރާ ދައްކަން ޖެހެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!