އަހަރުގެ އެންމެ ދިގު ހަނދުކޭތަ މިރޭ، ކޭތަ ނަމާދުކުރުން 9 ޖަހާއިރު

މިއަހަރު ހިފާނެ އެންމެ ދިގު ހަނދުކޭތަ މިރޭ ހިފާނެއެވެ.

ފަސް ގަޑިއިރަށް ދެމިގެންދާނެ ކަމަށް ބެލެވިފައިވާ މިރޭގެ ހަނދުކޭތަ ހިފަންފަށާނީ ރޭގަނޑު 20:50 ގައެވެ. އަދި އެންމެ ބޮޑަށް ކޭތަ ހިފާފައި ހުންނަނެކަމަށް މައުލޫމާތު ލިބެނީ 11:20 ގައެވެ.

މިރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ކޭތަ ނަމާދުކުރުންވެސް އޮންނާނެއެވެ. ކޭތަ ނަމާދު ކުރަންފަށާނީ މިރޭ 21:00 ގައެވެ. މާލޭގައި ކޭތަނަމާދުކުރުން ކުރިއަށްދާނީ އިސްލާމީ މަރުކަޒުގައެވެ. ރަށްރަށުގައި ކޭތަނަމާދުކުރުމަށް ހަމަޖެހިފައިވަނީ އެރަށެއްގައި ހުކުރުކުރާ އެންމެ ބޮޑު މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ.

މިއީ މިއަހަރުތެރޭގައި ހިފާ ދެވަނަ ހަނދުކޭތައެވެ. މިކޭތައަކީ ފަޅިކޭތައެކެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ފަލަކީ ހިސާބަށް ބުރަވެ ކޭތަނަ ނަމާދު ކުރުން ސާބިތުތޯ؟

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!