ފަތިސް ނަމާދުކުރަން ތައްޔާރުވަނިކޮށް ޓެރަރިސްޓް ހަމަލާއެއްދީފި

އެމެރިކާގެ މިނިސޯޓާގައި ހުރި މިސްކިތެއްގައި މުސްލިމުން ފަތިސް ނަމާދަށް ހާޟިރުވެތިއްބާ ބޮން ގޮއްވާ ޓެރަރިސްޓް ހަމަލާއެއްދީފިއެވެ.

މިއަދުގެ ފަތިހުގެ ވަގުތުގައި ދާރުލް ފާރޫޤް އިސްލާމިކް ސެންޓަރަށް ދިން މިހަމަލާގައި އެއްވެސް މީހަކު މަރުވެފައި ނުވިނަމަވެސް އެމިސްކިތުގެ އިމާމްގެ އޮފީހަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މިހަމަލާގެ ތަހްގީގް އެފްބީއައިއިން ފަށާފައިވާ އިރު އެއިދާރާއިން އެސަރަހައްދަށް ކަނޑައަޅާފައިހުން ރިޗާޑް ތޯޓަން ވިދާޅުވެފައިވަނީ މިހަމަލާ ދިފައިވަނީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) ގޮއްވާލައިގެން ކަމަށާއި އެހަމަލާދިން ބަޔަކާއި އެމީހުންގެ މަޤްޞަދަކީ ކޮބައިކަން ތަހްގީގް ކުރަމުން އަންނަކަމަށެވެ.

މިހަމަލާއާއި ގުޅޭގޮތުން މިނިސޯޓާގެ މުސްލިމް އެމެރިކަން ސޮސައިޓީގެ ޑިރެކްޓަރ އަސަދު ޒަމާން، މަންޒަރުދުން މީހަކާ ހަވާލާދީ ވިދާޅުވީ މިހަމަލާދީފައިވަނީ އެތަނުގައި އޮތް ވޭނެއްގެ ތެރެއިން މިސްކިތު އިމާމްގެ އޮފީހަށް އެއްލި އެއްޗެއް ގޮއްވާލައިގެން ކަމަށެވެ. އަސަދު އިތުރަށް ވިދާޅުވީ އަލިފާން ނިވާ މީހުން އެތަނަށް އައުމުގެކުރިން ހަމަލާގައި ރޯވި އަލިފާން އެވަގުތު ނަމާދަށްގޮސް ތިބި މީހުންވެގެން ނިއްވާލާފައިވާ ކަމަށެވެ.

އެމެރިކާގައި މުސްލިމުންނާއި ދެކޮޅަށް ދެވޭ މިފަދަ ޓެރަރިސްޓް ހަމަލާތައްދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. އެގޮތުން މިފަދަ 2213 ހަމަލާއެއްވަނީ މުސްލިމުންނާއި ދެކޮޅަށް މިދިޔަ އަހަރުވެސް ދީފައެވެ. އެއީ 2015 ވަނަ އަހަރާއި ބަލާއިރު %57 އިތުރު އަދަދެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!