ވައްތީނި: ސިއްޚީ އެތައް ފައިދާއެއް ލިބޭ މޭވާއެއް

ވައްތީނިއަކީ އެތެރޭގައި ކުދި އޮށްތަކެއް ހުންނަ ހަށިގަނޑަށް ބޭނުންވާ ތަފާތު ބައިތައް އެކުލެވޭ އަނގަޔަށް މީރު މޭވާއެކެވެ. ތާޒާ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ވައްތީނިއަކީ ހިއްކައިގެންވެސް ކެއުމުގައި ބޭނުންކުރާ މޭވާއެކެވެ.

ވައްތީނިން ލިއްބައިދޭ ސިއްޚީ ފައިދާތައް ވަރަށް ގިނައެވެ.

– ކެންސަރު ބައްޔާއި ދުރުކޮށްދިނުން: އެގޮތުން ވައްތީނީގައި އެކުލެވޭ ފައިބަރުގެ މާއްދާގެ ސަބަބުން ގޮހޮރުގެ ކެންސަރާއި އުރަމަތީގެ ކެންސަރާއި މީހާ ދުރުކޮށްދީ ދުޅަހެޔޮ ސިއްޚަތެއްގައި ހުރުމަށް އެހީތެރިވެދެއެވެ.

– ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ: ވައްތީނީގައި ހިމެނޭ ފެޓީ އެސިޑްގެ މާއްދާތަކަކީ އެމާއްދާތަކުގެ ސަބަބުން ހިތުގެ ބަލިތަކުން ހަށިގަނޑު ދުރުކޮށްދޭ މާއްދާ ތަކެކެވެ.

– ހަކުރު ބައްޔަށްވެސް ފަރުވާއެއް: ވައްތީނީގައި އެކުލެވޭ ފައިބަރ އަދި ޕޮޓޭސިއަމް މާއްދާގެ ސަބަބުން ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.

– ކަށިތައް ވަރުގަދަވޭ: ވައްތީނިއަކީ އޭގައި ގިނަ އަދަދަކަށް ކެލްސިއަމް އަދި ޕޮޓޭސިއަމް އެކުލެވޭ މޭވާއެކެވެ. މިކަމުގެ ސަބަބުން އާދަކޮށް ވައްތީނި ކެއުމުގައި ބޭނުންކުރާ މީހުންގެ ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށް ރަގަޅުކޮށް ދިނުމުގައި ވައްތީނި މުހިއްމު ރޯލެއް އަދާކުރެއެވެ.

– ސަރުބީގެ މިންވަރު ދަށްކޮށް ބަރުދަން ލުއިކުރުމަށްވެސް އެހީއެއް: ވައްތީނީގައި އެކުލެވޭ ޕެކްޓިން އަދި ފެނަށްގިރޭ ވައްތަރުގެ ޑައެޓްރީ ފައިބަރު ގެ ސަބަބުން ހަޖަމުކުރާ ނިޒާމްގެ ތެރެއިން ފައިބަރު ދައުރުކުރަމުންދާއިރު، އެއާއި އެކުގައި ސަރުބީ ހަށިގަނޑުން ވަކިކޮށް، ބޭރު ކުރެއެވެ. އަދި ހަމަ ބަރުދަން ލުއިކުރުމުގައިވެސް ފައިބަރ މުހިއްމު ދައުރެއް އަދާކޮށްދެއެވެ.

– ޖިންސީ ގޮތުން ކުރިމަތިވާ ބަލިމަޑުކަމަށް ފަރުވާއެއް: އެގޮތުން ޖިންސީ ވަޅޯކަން ކުރިމަތިވާ ފަރާތްތަކުން ވައްތީނި ކިރު ތައްޓެއްގެ ތެރެއަށް ލާފައި އެއްރޭ ވަންދެން ފޯކުރުމަށްފަހު ބޭނުންކުރަމުން ގެންދިޔުމުން ޖިންސީ ވަޅޯކަމަށް ހައްލެއްލިބި ޖިންސީ އެދުންވެރިކަން އިތުރުކޮށްދޭ ކަމަށް ކަމާއި ބެހޭ މާހިރުން ވިދާޅުވެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!