ރާއްޖޭގެ ޚަބަރު

އަބުރާބެހިގެން ދައުލަތުގެ މީޑިއާ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ އަބުރާބެހުނު ކަމަށް ސާބިތުވެ ދައުލަތުގެ މީޑިއާ ޕީއެސްއެމް، ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ބްރޯޑް ކާސްޓިން ކޮމިޝަނަށް އުމަރު ނަސީރު މައްސަލަ ހުށަހެޅުއްވީ މިދިޔަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި، މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް އުމަރުގެ އަބުރަށް އަރައިގަނެ ދައްކާފައިވާ ވާހަކަ މެދުކަޑާނުލާ ޓީވީއެމުން ފޮނުވާފައިވާ ކަމަށް ބުނެއެވެ.

އެ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު އެ ކޮމިޝަނުން ބުނެފައި ވަނީ އެމައްސަލައަށް ޕީއެސްއެމްއިން އިއުތިރާފުވެފައިވާ ކަމަށާއި އެކޮންޓެންޓްގެ ދިފާއުގައި ޤާނޫނީ އެއްވެސް ހުއްޖަތެއް އެ މީޑިޔާއަށް ދެއްކިފައި ނުވާކަމަށެވެ.

30 ދުވަހުގެ ތެރޭގައީ ޕިއެސްއެމްއިން އެފައިސާ ކޮމިޝަނަށް ދައްކަންޖެހޭއިރު ޤާނޫނު ބުނާގޮތުން އެފަދަ މައްސަލައެއް ކޯޓުގައި އިސްތިއުނާފު ކުރެވޭނީވެސް ޖޫރިމަނާ ފައިސާ ދެއްކުމަށް ފަހުއެވެ.

ޗެނަލް 13 އާއި ދެކޮޅަށްވެސް އުމަރު މިމައްސަލަ ހުށަހެޅުއްވިއެވެ. ނަމަވެސް އެ ޗެނަލްގެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް އެކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *