ދިވެހި އަންހެނުންގެ ކުޑަހުޅު

މަގުމަތިން ދިމާވި ދެ އަންހެނުނެވެ. އެކަކު ހުރީ މޫނު ބުރުގާ އަޅައިގެންނެވެ. އަނެކަކުވެސް ހުރީ ބުރުގަލެއް އަޅައިގެންނެވެ. މޫނުބުރުގާ އަޅައިގެންހުރި އަންހެން މީހާ އަނެއްއަންހެންމީހާގެ އަތުގައިހިފާފައި އޭ ނުވެސް އިނގުނުދޯ! މީ ފަރާއޭ! (އަސްލު ނަމެއްނޫން) މިހާރު އިނގިއްޖެތަ؟ މިހެން ބުނިއަޑަށް މަގުމަތީ، ގެއެއްގެތޮރުމަތީ، ސައިކަލެއްގެމަތީ، މަޑުކޮށްލައިގެން ރައްޓެއްސެއްގެ އިންތިޒާރުގައިއިން އަޅުގަނޑަށް ކުއްލިއަކަށް ބަލައިލެވިއްޖެއެވެ. ފުރަތަމަ އެކުއްޖާއަކަށް މޫނުބުރުގާ އަޅައިގެން ހުރީކާކުކަން އެނގުނުހެނެއް ހިއެއްނުވެއެވެ. ނޭނގުނު! ކޮންފަރާއެއް. ބޮލުގައި ވައިލެޓު ކުލައިގެ ފޮތި ބޮނޑިއެއް އޮޅާފައި ހުރި މިކުއްޖާއަށް، މީ އެކުގައި ކިޔަވަން އުޅުނު ފަރާކަން އެނގުނީ އިތުރަށް ކިޔައިދިނީމައެވެ.

 

އަޅުގަނޑަށް ހުރެވުނީ މިދެމީހުންގެ ވާހަކައަށް ސަމާލުކަން ދީގެންނެވެ. ބަލާބެލުމަށް ދެމީހުންނަކީ ވަރަށް ގާތްކޮށް ކިޔަވަން އުޅުނު ދެމީހުންކަން އެނގުނެވެ. މިހާރު ދެމީހުނަށްވެސް އެތިބީ ބަދަލުތަކެއް އައިސްފައިކަންވެސް އެނގުނެވެ. ނޭނގޭނެއެއްނު! މުޅިމީހާ ތިހިރީ ނިންޖާއެއްހެން ވިއްޔާ! ދެން ތިވަރު ނުކުރިޔަސް ވެދާނެއެއްނު؟ ތީދެން މާބޮޑުުވަރު ފަރާ! އެހެންނޫނަސް އަންހެނާގެ އައުރައަކީ މޫނާ ދެއަތްތިލަ ފިޔަވާ ދެންހުރި ތަނެއްނު؟ އަހަރުންވެސް މިތިބީ ބުރުގާ އަޅައިގެންނޭ! އަދި މޫނުވެސް ނިވާކުރަންޖެހޭތަ؟. އޭގެޖަވާބުގައި ފަރާ އެއްވެސް އެއްޗެއް ނުބުނެއެވެ. ހަމައެކަނި ހީލިއެވެ.

 

އަޅުގަނޑަކީވެސް ދީނީކަންކަމަށް ކޮންމެވެސް ވަރެއްގެ ލޯތްބެއް ހުންނަމީހެއްކަމުން، މިކުއްޖާގެ ވާހަކައަށް ނުރުހެވުނެވެ. އަދި އޭނާއަށް ބަލާލެވުނުއިރު މިފެންނަނީ ގަޔަށްބާރު ޖިންސަކާއި ފުންނާބު އުސްފައިވާނަކަށް އަރައިގެން ހުރި އަންހެނެކެވެ. އޭނާގެ ބޮލުގައި އޮޅާފައިއޮތް ބުރުގާ ވައްތަރީ ކަފަލޮލީއަކާއެވެ. ދަތްދޮޅިން ތިރިއަށް ގާތްގަނޑަކަށް އިންޗިއެއްވަރު ހުރިއިރު ބޮލުންމައްޗަށް އޮތްބައިގައި 8ވަރަކަށް 10ވަރަކަށް އިންޗި ހުންނާނެއެވެ. މުޅިމޫނުގައި އޮތީ ފައުންޑޭޝަން އުގުޅާފައެވެ. ތުންފަތުގައި ހީވަނީ ގްލޮސް ޕެއިންޓް ހޭކިފައިހުރިހެނެވެ. އޭނާލައިގެންހުރީ ހުދުކުލައިގެ ހެދުންބުރިއެކެވެ. އޭގެ އަތްކުރި ހުރީ އަތުގެ ކުޑަހުޅާއި އުޅަބޮއްޓާދެމެދު، އުޅަބޮއްޓާއި ކައިރިކޮށެވެ. އަޅުގަނޑު ހިތައް އެރިއެވެ. މީނާއަށް މިހާރަނގަޅަށް އަންހެނާގެ އައުރަ އިނގޭއިރު މީނާ މިހިރީ އައުރަނިވާކުރަން ބުރުގާ އަޅާއިގެންބާއޭ؟ ނުވަތަ މީ އެހެންކަމަކުއެޅި އެއްޗެއްބާއޭ؟ ކޮންމެއަކަސް އަންހެނާގެ އައުރައަކީ މޫނާ ދެއަތް ތިލަނޫން އެހެން ހުރިހާތަނަކަށްވެފައި، އޭނާވެސް އެހެރީ ބުރުގާއަޅައިގެން ކަމަށްވާނަ އަޅުގަނޑުދެން ޤަބޫލުކުރާނީ ދިވެހި އަންހެނުންގެ ކުޑަހުޅު މިހާރު މައްޗަށް ޖެހެން ފަށާފައިވާކަމަށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!