މަސްޖިދުލް އަޤްޞާގައި ހިނގަމުންދާ ކަންކަމަށް އަވަސް ކަޅިއެއް

ފަލަސްތީނުގެ ގުދުސްގައިވާ މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. މުސްލިމުންގެ ތިންވަނަ ޙަރަމްފުޅެވެ. މުސްލިމުންގެ ހިތްތައް އެތަނަކަށް ގުޅިފައިވާ މާތްﷲ ބަރަކާތް ލައްވައިފައިވާ މުޤައްދަސް ތަނެކެވެ.

ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ޔަހޫދީން ފަލަސްތީނަށް ވެރިވެގަތުމަށްފަހު މުސްލިމުން އަޤްޞާ މިސްކިތުގައި އަޅުކަންކުރުމަށް އެކިފަހަރު މަތިން އެތައް ހުރަސްތަކެއްވަނީ އަޅާފައެވެ. ހުސްވި ހަފްތާއަކީވެސް މީގެ ސިލްސިލާއެއް ފެށިގެން ކުރިއަށްދާ ހަފްތާއެއް ކަމުން މިހާރު އަޤްޞާގައި ޔަހޫދީން ހިންގަމުންދާ ހައްދުފަހަނައެޅި ކަންކަމަށް ބަލާލާނަމެވެ.

14 ޖުލައި 2017 (ހުކުރު)

– އަޤްޞާ މިސްކިތްކައިރިން ކައިރިން އިޒްރޭލް ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ތިން މީހުން ޝަހީދު ކޮށްލި
– ސަބަބެއް ކަމަށް ބުނެފައިވަނީ އަޤްޞާ މިސްކިތުގެ ހަރިއްމަ ތެރޭގައި އެ މީހުން އިޒްރޭލް ސިފައިން ގަޔަށް ބަޑި ޖަހާ ފިލަން މަސައްކަތް ކުރުމުން ކަމަށް
– އިޒްރޭލުން އަޤްޞާ މިސްކިތް ބަންދުކުރި
– 48 އަހަރުތެރޭ ފުަރަތަމަ ފަހަރަށް އަޤްޞާ މިސްކިތުގައި ހުކުރު ނަމާދުކުރުން މެދުކެނޑުނު

15 ޖުލައި 2017 (ހޮނިހިރު)

– މިއަދުވެސް އިޒްރޭލު ސިފައިން އަޤްޞާ މިސްކިތް ހައްޔަރުކޮށްގެން ތިބީ

16 ޖުލައި 2017 (އާދިއްތަ)

– ދެދުވަސްވަންދެން އަޤްޞާ މިސްކިތް ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވި
– މިސްކިތް ހުޅުވީ މިސްކިތުގައި އިޒްރޭލު ސިފައިން މެޓަލް ޑިޓެކްޓަރު ހަރުކޮށް އިތުރު ސީސީ ޓީވީ ކެމެރާތައް ހަރުކުރުމަށްފަހު
– އިޒްރޭލުގެ މިޢަމަލާއިމެދު ފަލަސްތީނު ރައްޔިތުން ނުރުހުންފާޅުކުރި. އަދި މިދުވަހު ނަމާދަށްދިޔަ މީހުން ނަމާދުކުރީ ބާބުލް އަސްބާތު ކައިރީގައި
– މިދުވަހު އިޒްރޭލު ސިފައިންނާއި ކުރިމަތިލީ ދެމީހަކު ހައްޔަރުކުރި

17 ޖުލައި 2017 (ހޯމަ)

– އިޒްރޭލުން އަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް ދެމެހެއްޓި. އެކަމާއި ދެކޮޅު ހެދުން މިދުވަހުވެސް ފަލަސްތީނު ރައްޔިތުން ކުރިއަށް ގެންދިޔަ

18 ޖުލައި 2017 (އަންގާރަ)

– މިދުވަހުގެ އަޞްރު ނަމާދަށް ބާބުލް އަސްބާތު ކައިރިއަށް އެއްވި މީޙުން ދުރުކުރުމަށް އިޒްރޭލު ސިފައިން ސައުންޑް ބޮމާއި ރަބަރު ވަޒަން ބޭނުންކުރި
– މިހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވިއިރު ގުދުސްގެ ކުރީގެ މުފްތީ ޝެއިޚް އިކްރިމާ ސަބްރީވެސް ހިމެނޭ

20 ޖުލައި 2017 (ބުރާސްފަތި)

– ޤުދުސްގެ މައްސަލަ ހައްލުކުރުމަށް ދައްކަމުންދިޔަ ވާހަކަތައް ހުއްޓުނު
– މަހުމޫދު އައްބާސްގެ ސަރުކާރު ފަރާތުން ވާހަކަތަކުގައި އިސްކޮށް ބައިވެރިވި ހާތިމް އަބްދުލްޤާދިރު ބުނެފައިވަނީ އިޒްރޭލުން ހަރުކޮށްފައިވާ މެޓަލް ޑިޓެކްޓަރު ތަކަކީ ސަލާމަތީ ފިޔަވަޅު ވަރުގަދަކުރުމަށް ހަރުކޮށްފައިވާ އެއްޗެއް ނޫންކަމަށާއި އެހެން ނަމަވެސް އަޤްޞާ މައްޗަށް އަތްގަދަ ކުރުމަށް ސިޔާސީ ގޮތުން ކުޅޭ ގޭމެއް ކަމަށް

21 ޖުލައި 2017 (ހުކުރު)

– 50 އަހަރުން މަތީގެ ފިރިހެނުންނަށް އެކަނި މިސްކިތަށް ވަދެވޭ ގޮތަށް އިޒްރޭލުން ކަނޑައެޅި
– އިޒްރޭލުން އަޤްޞާ މިސްކިތައް އަތްގަދަކުރަމުން ގެންދާ ގެންދިޔުމާ ދެކޮޅަށް މުޒާހަރާއަށް ނިކުތުމަށް ހަމާސްއިން ގޮވާލި
– ފަލަސްތީނުގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިޒްރޭލުގެ މިއަނިޔާޥެރިކަމާއި ދެކޮޅަށް މުޒާހަރާތައް ކުރިއަށް ދިޔަ
– ފަލަސްތީނުގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި އިޒްރޭލުންވަނީ މިދުވަހު ތިން މީހަކު ޝަހީދު ކޮށްލާފަ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!