ވަގުތު ޖެހުމުން ބަންގި ގޮވުމުގެ އިންތިޒާރުގައި އިންދާ މުއައްޛިން ނިޔާވެއްޖެ

ސައުދީ އަރަބިޔާގެ ޖިއްދާގެ މަސްޖިދުލް އަލް ސުލައިމާނީ މިސްކިތުގެ މުއައްޛިން ނަމާދު ވަގުތު ޖެހުމުން ބަންގި ގޮވުމުގެ އިންތިޒާރުގައި އިންދާ ނިޔާވެއްޖެއެވެ.

އުމުރުން 60 އަހަރުގެ އަބްދުލް ހައްޤު އަލް ހަލަބީ ނިޔާވެފައިވަނީ ރޭގެ ފަތިސް ނަމާދު ވަގުތު ޖެހެންދެން ޤުރުއާން ކިޔަވަން އިންނަވަނިކޮށެވެ.

ސޫރިޔާގެ ރައްޔިތެއްކަމުގައިވާ އަލް ހަލަބީ ސައުދީ އަރަބިޔާގައި ދިރިއުޅުއްވަމުންދާތާ 40 އަހަރުވަނީ ވެފައެވެ. އަލް ހަލަބީ ފާހަގަ ކުރެވިފައިވަނީ މިސްކިތަށް އަބަދުވެސް ފަރުވާތެރި ގިނަ ވަގުތު ޤުރުއާން ކިޔެވުމުގައި މަޝްއޫލުވެ އިންނަވާ ބޭފުޅެއްގެ ގޮތުގައެވެ.

މާތް ﷲ ސުބްހާނަހޫ އަލް ހަލަބީގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އާމީން

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Ameen

  2. Aamèen

  3. Aameen

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!