ހައްޖު ކޯޕަރޭޝަންގެ ޑިސެމްބަރމަހުގެ ޢުމްރާއަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ޑިސެމްބަރމަހު ޢުމްރާއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެކޯޕަރޭޝަންއިން ހާމަކޮށްފައިވަނީ ޑިސެމްބަރމަހު ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ފަރާތްތަކުގެ ރަޖިސްޓްރޭޝަން ފޯމް މިހާރު އެކޯޕަރޭޝަންއިން ބަލައިގަންނަމުންދާ ކަމަށެވެ.

ޚިދުމަތުގެ އަގަށް 23965 ރ ދައްކަންޖެހޭއިރު 4 މީހުންނާއި 10 މީހުންގެ ގްރޫޕްތަކަށް ހާއްސަ ޑިސްކައުންޓުތަކެއް ލިބިގެންދާނެ ކަމަށް އެކޯޕަރޭޝަންއިން ހާމަކުރެއެވެ.

ޑިސެމްބަރ ޢުމްރާއާއި ގުޅޭ އިތުރު ތަފްސީލްތައް އެކޯޕަރޭޝަންގެ ނަންބަރ 3011000 / 3010872 އިން ލިބިގެންދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!