މިޔުޒިކު އަޑުއެހުން ހުއްޓާލަންވީ 6 ސަބަބެއް

މިޒަމާނުގައި މުނިފޫހިފިލުވާލާ އެންމެ މައިގަނޑު އެއް ގޮތަކީ މިޔުޒިކު އަޑުއަހާލުމެވެ. އެހެންކަމުން، މީހަކު ތިބާގާތު މިޔުޒިކު އަޑުއެހުން ހުއްޓާލާށޭ ބުނުމުން އެ އެދެވެނީ ވަރަށް ބޮޑު ކަމެއް ދޫކޮށްލުމަށްކަމަށް ހީވެއެވެ. އެހެނަސް މިއަންނަނިވި ސަބަބުތައް އެނގުމުން، މިކަން ދޫކޮށްލުމަކީ އެހާ އުނދަގޫ ކަމަކަށް ނުވެދާނެއެވެ. ތިރީގައި މިވަނީ މިޔުޒިކު އަޑުއެހުން ހުއްޓާލުމަށް އެހީތެރިވެދޭނެ ބައެއް ސަބަބުތައް އަމުނާލާފައިވާ ލިސްޓެކެވެ.

މިޔުޒިކުގެ މަޝްހޫރު ގިނަ ވައްތަރުތަކުގައި ޖިންސީކަންކަން ހާމަކަންބޮޑު ދިރާސާތައް ބުނާގޮތުން، މިޔުޒިކު، އަދި ޚާއްޞަކޮށް ރެޕް އަދި ހިޕްހޮޕް ލަވަތައް، ނުރައްކާތެރި ޖިންސީ ޢަމަލުތަކާ ވަރަށް ވަރުގަދަ ގުޅުމެއްވެއެވެެ. (ޗެން، މިލަރ، ގްރޫބޭ، އަދި ވެއިޓަރސް، 2006) މަޝްހޫރު ލަވަތަކުގެ 3 ބައިކުޅަ 1 ބައި ލަވައިގައި ފާޅުކަންބޮޑު ޖިންސީ ބައިތައް ހިމެނެއެވެ. އަދި މީގެ ތެރެއިން 3 ބައިކުޅަ 2 ބަޔަކީ ވަރަށް ދަށުދަރަޖައިގެ ކަންކަމެވެ. (މަރީޓޯ އަދި އެހެން ބޭފުޅުން، 2006؛ ޕްރީމެކް، ގޯލްޑް، ޝްވާރޒް، އަދި ޑާލްޓޮން، 2008) މިޔުޒިކު ވީޑިޔޯތަކުުގެ ގާތްގަނޑަކަށް 40 އިންސައްތައިން 75 އިންސައްތައާ ދެމެދުގެ ވީޑިޔޯގައި ޖިންސީ މަންޒަރުތައް ދައްކުވައިދެއެވެ. (ޓާރނަރ، 2011؛ ޒާންގ، މިލާރ، އަދި ހެރީސަން، 2008)

މިޔުޒިކުގެ މަޝްހޫރު ގިނަ ވައްތަރުތަކުގައި މަސްތުވާތަކެތީގެ ވާހަކަދައްކާ ދިރާސާއެއް ދައްކާގޮތުން ރެޕް ލަވަތަކުގެ 77 އިންސައްތަ ލަވަތަކުގައި މަސްތުވާތަކެތީގެ ނަންގަނެވެއެވެ. ފުރާވަރުގެ ކުއްޖަކަށް ކޮންމެ ދުވަހަކު 84 ފަހަރު މަސްތުވާއެއްޗެއްސާ ބެހޭ ވާހަކައެއް އަޑުއިވެއެވެ. އެއީ ހަފްތާއަކު ނަމަ 591 ފަހަރު، އަދި އަހަރަކަށް ނަމަ 30،732 ފަހަރުއެވެ. (ޔުނިވަރސިޓީ އޮޕް ޕިޓްސްބަރގް ސްކޫލް އޮޕް މެޑިސިން ރިސަރޗަރސް) މިހާވަރަށް އޭގެ ވާހަކަ އަޑުއިވޭ ކަމުގައިވާނަމަ، އެކަމުން އެމީހެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަސަރުފޯރާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

މިޔުޒިކަކީ ދެވި ހިފާއެއްޗެކެެވެ. ދިރާސާތައް ބުނާ ގޮތުން، ފުރާވަރުގެ ކުދިންނާއި ޒުވާނުން ކޮންމެ ދުވަހެއްގެ 2 ގަޑިއިރާ 4 ގަޑިއިރާ ދެމެދުގެ ވަގުތެއް މިޔުޒިކު އަޑުއެހުމުގައި ހޭދަކުރެއެވެ. މިހާ ގިނަ ވަގުތު ހޭދަކުރެވެނީ އެހާ ނުރައްކާތެރި މެސެޖުތައް އަޑުއަހަންކަމަށް ވީހިނދު، މިއީ އެންމެންވެސް ކަންބޮޑުވާންވީ މައްސަލައެކެވެ. (އަގްބޯ-ކުއާޔީ އަދި ރޮބަރޓްސަން، 2010؛ ޕްރީމެކް، ނޫޒްޒޯ، ރައިސް، އަދި ސާރްޖެންޓް، 2012).

މިޔުޒިކަކީ ވިސްނުން ފެޔަށްޖައްސާ އެއްޗެކެވެ. ތާއަބަދު ތިބާގެ ވިސްނުން މިޔުޒިކާއެކު ގެންގުޅެން ވެއްޖެނަމަ، އަޅުކަމާއި ޤުރުއާނަށް ވިސްނާލަން ސިކުނޑީގެ ބޭނުންކޮށްލުމަކީ ނުހަނު އުނދަގޫ ކަމަކަށްވާނެއެވެ. ކޮންމެވެސް ލަވައެއްގެ ލިރިކްސްއެއް އަބަދު ބޮލަށް ވަދެގެން އެއިން ސަލާމަތްނުވެވިގެން އުޅެން ޖެހުމުން ނަމާދާއި އެހެން އަޅުކަންތަކުގައި އުޅޭއިރު ސަމާލުކަންދީގެން އަޅުކަން ކުރުމަކީ ނުވުމާ ގާތް ކަމެކެވެ. މިޔުޒިކަކީ ފާފަވެރި އެއްޗެކެވެ. ހުރިހާ ޢިލްމުވެރިން އެއްބަސްވެލައްވާގޮތުގައި ފާފައަށް މަގުފަހިކުރުވާނަމަ، ލަވައާއި މިޔުޒިކަކީވެސް އޭގެ ޒާތުގައި ފާފައެކެވެ. މިޔުޒިކު ޗާޓުތަކުގެ އެންމެ ވައިއަޑު ކިޔާފައި ހިނގާ ހުރިހާ ލަވައެއްގައި ޒިނޭއާއި މަސްތުވާ އެއްޗެއްސާއި، ރަލާއި، ފާޙިޝްޢަމަލުތަކުގެ ވާހަކަދައްކާއިރު، އެބުނާ މިޔުޒިކާއި ލަވައާ ދުރުވާން ޖެހޭނެކަމަށް އިތުރަށް ބުނަންޖެހޭނެބާވައެވެ؟ އަޑުއަހާލަން އެއަށްވުރެ ރަނގަޅު ތަކެތި އެބަހުއްޓެވެ. ފޯނުގެ ޕްލޭލިސްޓަށް މިޔުޒިކާއި ލަވަ ޓްރެކްތައް އެޅުމުގެ ބަދަލުގައި، އިސްލާމީ ނަޞޭޙަތްތަކުގެ ކްލިޕްތަކުންނާއި ރީތި ޤުރުއާން ކިޔެވުންތަކުން ފުރާލާށެވެ. މިވަރުންވެސް މިޔުޒިކް އަޑުއެހުން ހުއްޓާނުލެވޭނަމަ، ސުވަރުގޭގައި މަލާއިކަތްބޭކަލުންގެ ރާގުތައް އަޑުއަހާލުމުގެ ނިޢުމަތް ހިތަށް އަރުވާލާ، މިނުރައްކާތެރި ވަބާއިން ސަލާމަތްވެވޭތޯ މިއަދު މަސައްކަތް ފަށާށެވެ.

ނޯޓު: މަތީގައިވާ ލިޔުމަކީ، ވަންޕެތުނެޓްވޯކް ގައި ޖުލައި 11، 2017 ގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ އަވަސް ތަރުޖާމާއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!