ވިލިމާލެ ޕޮލިސް ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ވިލިމާލެ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން “ވިލިމާލެ ޕޮލިސް ޤުރްއާން މުބާރާތް 1438” ނަމުގައި ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި މުހިއްމު ވަނަތަކަށާއި މުބާރާތަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއެވެ.

މުޅި މުބާރާތުން އެއް ވަނައަށް ހޮވިފައިވަނީ ޛޫޝާން ޖަވާދުއެވެ. ދެވަނައަށް ފާޠިމަތު ޝާހާ ޙުސައިން ހޮވިފައިވާއިރު ތިންވަނައަށް ހޮވިފައިވަނީ ޒޯޔާ ބިންތު އަޖުމަލް ރަޝީދުއެވެ.

ވިލިމާލޭގައި ދިރިއުޅޭ އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ހަތަރު އުމުރު ފުރައަކުން 155 ކުދިން ބައިވެރިވެފައިވާ ކަމަށް ވިލިމާލެ ޕޮލިސް އިން ހާމަކުރެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!