ދަ ލެގަސީގެ ފުރަތަމަ އިވެންޓް ބާއްވައިފި

ޕީސް ފައުންޑޭޝަންއިން ކުރިއަށް ގެންދާ ދަ ލެގަސީގެ ފުރަތަމަ އިވެންޓް ބާއްވައިފިއެވެ.

ދަ ލެގަސީގެ ފުރަތަމަ އިވެންޓް ބާއްވާފައިވަނީ ރޭ އިސްލާމީ މަރުކަޒުގެ މައިދާނުގައެވެ.

ރާއްޖެއިން ބޭރުގެ ޢިލްމުވެރިންގެ ތަޤުރީރުތައް ގެނެސްދޭ މިހަރަކާތުގައި ރޭ ތަޤްރީރުކުރައްވާފައިވަނީ ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިއެއް ކަމަށްވާ ޑރ ބިލާލް ފިލިޕްސްއެވެ. ޑރ ބިލާލް ތަޤުރީރުކުރައްވާފައިވަނީ “ދަ ޓްރޫލީ ސަކްސަސްފުލް ޕީޕަލް” މިމައުޟޫގެ މައްޗެށެވެ.

ރޭގެ ދަރުސްގައިވަނީ ދަ ލެގަސީ އިވެންޓަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް އެކަމުގެ ހަނދާނީ ފިލައެއްވެސް ހަވާލުކޮށްފައެވެ. އެފަރާތްތަކާއި ފިލާ ހަވާލުކޮށްދެއްވީ ޑރ ބިލާލް ފިލިޕްސްއެވެ.

ރޭގެ ދަރުސް އަޑުއެހުމަށް ގިނަ އަދަދެއްގެ ބަޔަކުވަނީ ހާޟިރުވެފައެވެ.

ރޭގެ ދަރުސްގެ އިތުރުން މިއަދު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރުކުރުމަށް ހަމަޖެހިފައިވަނީ ޑރ ބިލާލް ފިލިޕްސްއެވެ. އަދި ފުވައްމުލަކުގައި މާދަމާ ޑރ ބިލާލް ފިލިޕްސްގެ ދަރުހެއް ބޭއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!