ކިންގް ޚާލިދް ޔުނިވަރސިޓީއިން އައިޔޫއެމްގައި ދައުރާއެއް ބާއްވަނީ

ސައުދީ އަރަބިޔާގެ ކިންގް ޚާލިދް ޔުނިވަރސިޓީއިން އިސްލާމިިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި ދައުރާ އެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މިމަހުގެ 17 އިން 19 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިދައުރާގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު ވަނީ މިމަހުގެ 13 ވަނަ ދުވަހުގެ 10:00 ހަމައަށް ހުޅުވާލާފައެވެ.

“އިސްލާމިކް ކަލްޓަރ އެންޑް މޮޑަރޭޝަން” ނަމުގައި ކުރިއަށް ގެންދާ މިދައުރާގައި ކިންގް ޚާލިދް ޔުނިވަރސިޓީގެ ތަޖުބާހުރި 5 ޕްރޮފެސަރުން ކިޔަވައި ދެއްވާނެކަމަށް އައިޔޫއެމްއިން ހާމަކުރެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!