ޑރ ހަސަން ބުޚާރީގެ ދަރުހެއް މިރޭ

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސަޢުދީ ޢަރަބިޔާގެ އުއްމުލްޤުރާ ޔުނިވަރސިޓީގެ ޢަރަބި އިންސްޓިޓިއުޓްގެ ޑީން، އަދި މަސްޖިދުލްޙަރާމްގެ މުދައްރިސް ޑރ. ޙަސަން ބިން ޢަބްދުލްޙަމީދު ބިން ޢަބްދުލްޙަކީމް ބުޚާރީ ހާއްސަ ދަރުހެއް މިރޭ އޮންނާނެއެވެ.

މިއަދުގެ މަޣްރިބް ނަމާދަށްފަހުގައި އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސްގެ މައުޟޫއަކީ “އިސްލާމީ އެއްބައިވަންތަކަމާއި އެއިގެ ސަބަބުން މުޖުތަމައުއަށް ކުރާ އަސަރު” އެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ޑރ ހަސަން ބުޚާރީ ރާއްޖެ ވަޑައިގަތީ މިދިޔަ އަންގާރަ ދުވަހުއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!