ޕައިންއެޕަލް ރައިސް

ބޭނުންވާނެ ތަކެތި

– 4 ޖޯޑުގެ ބާސްމަތީ ރައިސް (ކައްކާފަ)
– 2 ޖޯޑު އަލަނާސި (ކުދިކޮށް ކޮށާފައި)
– ½ ޖޯޑު ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)
– 2 ލޮނުމެދު (ޗިސްކޮށްފައި)
– 1 ފިޔާ (ކުދިކޮށް ކޮށާފައި)
– 2 ކެރެޓު (ހިމަކޮށް ކޮށާފައި)
– 1 މޭޒުމަތީ ސަމުސާ ތެޔޮ
– ¼ މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް
– ½ މޭޒުމަތީ ސަމުސާ އިނގުރު (ގާނާފައި)
– 3 މޭޒުމަތީ ސަމުސާ ސޯއި ސޯސް
– 1/2 ޖޯޑުގެ ކެބެޖް (ތުނިކޮށް ކޮށާފައި)
– 1/2 މޭޒުމަތީ ސަމުސާ އަޖިނަމޮޓޯ
– 4 ހިކަނދިފަތް
– ހިކި މޭބިސްކަދުރު ކޮޅެއް
– ކެޝޫނަޓް ކޮޅެއް
– ރީނދޫ ކޮޅެއް
– އޮލިވް އޮއިލް

ތައްޔާރުކުރާނެ ގޮތް

ތަވާއަށް ތެޔޮފޮދެއް އެޅުމަށްފަހު ކުކުޅުކޮޅު ރަނގަޅަށް ރޯފިލުވާލާށެވެ. ސޯއި ސޯސް، އޮލިވް އޮއިލް، އިނގުރު އަދި އަސޭމިރުސް އެއްކުރުމަށް ފަހު ބަހައްޓާށެވެ. އެއަށްފަހު ތަވާއަށް ކުޑަ ތެޔޮ ފޮދެއް އަޅާލާފައި ތެޔޮ ފޮދު ހޫނު ވީމާ ފިޔާ ، މިރުސް، ކެބެޖް، ކެރެޓް އެއްކޮށް އަޅާލާފައި މަޑު ގިނީގައި ދޭފަތުން ހަލަމުން ދާށެވެ. އެބައި ކުޑަކޮށް ހަނާވީމާ ބަތް ފިޔަވައި ބާކީ ތަކެތި އަޅާލާފައި ކުޑަކޮށް މޯޅިކޮށްލާށެވެ. އެއަށްފަހު ބަތާއި، ކުރިން ރޯފިލުވި ކުކުޅާއި އަލަނާސި އެޅުމަށްފަހު ރަނގަޅަށް އެއްކުރަމުން ގެންދާށެވެ. އަދި މީގެ ތެރެއަށް ކުރިން ތައްޔާރު ކުރި ސޯއި ސޯސް ޕޭސްޓު އަޅައިގެން ކުޑައިރުކޮޅަކު ކައްކާލުމުން ހުންނާނީ ކެއުމަށް ތައްޔާރުވެފައެވެ.

ތާޒާ އަލަނާސިގެ އިތުރުން ދަޅުގައި ބަންދުކޮށްފައި ހުންނަ އަލަނާސިވެސް ބޭނުންކުރެވޭނެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!